ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ހަމަޖައްސާފައިވާ އައްޑޫ ސިޓީގެ ހަންކެޑެ ތަރައްގީ ކުރުމަށް ޗައިނާގެ ކުންފުންޏަކާ ހަވާލުކޮށްފިއެވެ.
ހަންކެޑެ ރިއަލް އެސްޓޭޓް ޓޫރިޒަމްގެ ގޮތުގައި ތަރައްގީ ކުރުމަށް ސަރުކާރުން ނިންމީ 2021ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ދެވަނަ ދުވަހުއެވެ. ނަމަވެސް އެތަނުގެ ކުރެހުންތައް ސަރުކާރުން އާއްމުކުރީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައެވެ.
އެ މަސައްކަތް އިއްޔެ ހަވާލުކޮށްފައި ވަނީ އިކޮނޮމިކް މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައެވެ. އެގޮތުން އެ މަޝްރޫއު ހަވާލު ކޮށްފައި ވަނީ ޗައިނާ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އާއެވެ. އެކުންފުންޏާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ މޯލްޑިވްސް ފަންޑް މެނޭޖުމެންޓް ކޯޕަރޭޝަން (އެމްއެފްއެމްސީ) އިންނެވެ.
[caption id="attachment_49467" align="alignnone" width="2560"] ހަންކެޑެ ތަރައްގީ ކުރުމަށް ސީއެންއީއީސީއާއެކު ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---[/caption]
މި މަޝްރޫއުގެ ދަށުން، ހަންކެޑޭގައި 1،041 ކޮޓަރި ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެ މަޝްރޫޢު ހިންގުމަށް ހަމަޖެހިފައިވަނީ ބޭންކް އޮފް ޗައިނާއިން 145 މިލިއަން ޑޮލަރު (2.2 ބިލިއަން ރުފިޔާ) ގެ ލޯނެއް ނަގައިގެންނެވެ.
[caption id="attachment_49466" align="alignnone" width="1600"] ހަންކެޑެ ތަރައްގީކޮށް ނިމުމުން އޮންނާނެ ގޮތުގެ ކުރެހުން ---[/caption]
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި