ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ރިޔާސީ ދައުރުގައި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދީ ރާއްޖެ ތަރައްގީ ކޮށްދެއްވާފައިވާ ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ކައުންސިލުން، އެމްޑަބްލިއުއެސްސީގެ އެމްޑީ ހަސަން ޝާހް އިސްތިއުފާ ދެއްވައިފިއެވެ.
މިއީ ޖޭޕީ އަށް ނިސްބަތްވާ ސަރުކާރު ކުންފުންޏެއްގެ އިސްވެރިޔަކު އިސްތިއުފާ ދެއްވި ދެވަނަ ފަހަރެވެ. މިރޭގެ ވަގުތެއްގައި އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވެސް ވަނީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރުގެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ.
https://twitter.com/hassanshaahu/status/1641493548880265216?s=46&t=M9M5hUKhSMLW6TzFVtCYOQ
ޖޭޕީގެ ލީޑަރަށް ޝާހް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހަށް ތާއީދު ކުރެއްވުމަށް ނިންމަވާފައިވާ ކަމަށެވެ.
އެހެންކަމުން ޖޭޕީގެ ކައުންސިލުން އިސްތިއުފާ ދެއްވާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ޝާހުގެ އިތުރުން ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި ޖޭޕީގެ ބައެއް އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ މަގާމުތަކުން އިސްތިއުފާ ދެއްވަމުންނެވެ. އެގޮތުން މިއަދު ވަނީ އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖުގެ ޑެޕިއުޓީ މިނިސްޓަރު ވަލީދާ ވަލީދާއި ރައީސް އޮފީހުގެ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަހްމަދު ސަމީރުވެސް ވަނީ ޖޭޕީން ވަކިވެފައެވެ. އިމިގްރޭޝަންގެ ކޮންޓްރޯލާ ވެސް ވަނީ ޖޭޕީން ވަކިވެފައެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި