ސަރުކާރުން ދަނޑުވެރިކަމުގެ ސިނާއަތު ތަރައްގީ ކުރުމަށް އުފައްދާފައިވާ ކުންފުނި، އެގްރޯ ނެޝެނަލް ކޯޕަރޭޝަން (އެގްރޯނެޓް)ގެ މެނޭޖިން ޑިރެކްޓަރު ހާރޫން ރަޝީދު ވަކި ކުރައްވައިފިއެވެ.
ހާރޫން ވަނީ އޭނާ ވަކި ކުރެއްވިކަން "ހަތާވީސް" އަށް ކަށަވަރު ކުރައްވައިފައެވެ. އޭނާ މަގާމުން ވަކި ކުރެއްވީ މިއަދު ކަމަށް ވެސް ހާރޫން ވިދާޅުވިއެވެ.
ހާރޫން މަގާމުން ވަކި ކުރެއްވިއިރު އޭނާ އަކީ 18ވަނަ އަދި 19ވަނަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވެސް ވިލިނގިލީ ދާއިރާގެ މެމްބަރުކަމަށް އެމްޑީޕީގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓެވެ. މީގެއިތުރުން ހާރޫނަކީ ގއ. އަތޮޅު ކައުންސިލް ރައީސްކަން ވެސް ކުރައްވާފައެވެ.
އެގްރޯނެޓުގެ އެމްޑީގެ މަގާމުން ހާރޫން ވަކި ކުރެއްވިއިރު އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި ހުސައިން އަމްރުވެސް ވަނީ ދާދިފަހުން މަގާމުން ވަކި ކުރައްވާފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން