ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ފަރާތުން ރިޔާސީ އިންތިހާބުގައި ވާދަކުރަން، ހުޅުވާލި ފުރުސަތުގެ ސުންގަޑި ހަމަވާން ކައިރިވެފައި ވަނިކޮށް، އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ޖޭޕީގެ ރިޔާސީ ޓިކެޓަށް އެދި ހުށަހަޅުއްވައިފިއެވެ.
ގާސިމް ރިޔާސީ ޓިކެޓަށް އެދި ހުށަހެޅުއްވި ސިޓީ، އެ ޕާޓީން މިއަދު ވަނީ އާންމު ކުރައްވާފައެވެ.
https://twitter.com/hathavees/status/1641339533999366144?s=46&t=xapWNGbbfBd0uN9xb5fzNA
ސިޓީގައި ގާސިމް ވިދާޅުވީ އިންތިހާބުގައި ވާދަކުރަން ހުޅުވާލި ފުރުސަތުގެ ފަހު ވަގުތާހަމައަށް ވެސް، އެއްވެސް ބޭފުޅަކު ކުރިމަތިލައްވާފައި ނުވާތީ ޕާޓީގެ ލީޑަރުގެ ހައިސިއްޔަތުން ރިޔާސީ އިންތިހާބުގައި ޖޭޕީގެ ފަރާތުން ކުރިމަތިލެއްވުމަށް ހުށަހަޅުއްވާ ކަމަށެވެ.
“ޖުމްހޫރީ ޕާޓީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ކުރިމަތިލުމަށް ގަސްތުކޮށް، ހަވާލާދީފައިވާ އިއުލާނުގައި ބުނެފައިވާ ފަދައިން އަޅުގަނޑުގެ ވަނަވަރާއި ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުފެ ދެފުށުގެ ކޮޕީއެއް، މި ސިޓީއާ އެކު އެއްކަރުދާސްކޮށް ހުށަހަޅަމެވެ،“ ޖޭޕީގެ ސެކަރެޓަރީ ޖެނަރަލް އަލީ އާރިފަށް، ގާސިމް ހުށަހެޅުއްވި ސިޓީގައިވެއެވެ.
(ތަފްސީލު އަންނަނީ…)
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން