ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ ސީއެސްއާރް ޓީމުން ހުޅުމާލޭގެ 704 ފްލެޓު ސަރަހައްދުގައި ހިތްގައިމު ޕާކެއް ހަދައި ހުޅުވައިފިއެވެ.
އެ ޕާކު ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެތަން ހުޅުއްވާދެއްވީ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒެވެ. އެ ރަސްމިއްޔާތުގައި އެ ކުންފުނީގެ އެމްޑީ އަހުމަދު އާތިފާއި އެހެން އިސްވެރިން ބައިވެރިވެވަޑައިގަތެވެ.
އެ ރަސްމިއްޔާތާއެކު އެޗްޑީސީން ވަނީ އެ ސަރަހައްދުގެ ރައްޔިތުންނަށް ތަރާވީހެއްވެސް ބާއްވާފައެވެ.
ހުޅުމާލޭގެ ރައްޔިތުންނަށް ހިތްގައިމު މާހައުލެއް ގާއިމްކޮށްދިނިމުގެ ގޮތުން އެޗްޑީސީން އެޕާކު ހަދާފައި ވަނީ 704 ފްލެޓު ސަރަހައްދުގައި ހުޅުމާލެ ހޮސްޕިޓަލް ފަހަތުގައެވެ.
ދިވެހި ތާރީހު ދައްކުވައިދޭ ތަފާތު ކުރެހުންތަކާއި އެކު ހަދާފައިވާ އެޕާކުގެ އެންމެ ހާއްސަ ކަމަކީ ކާބަފައިންގެ ޒަމާން ތަޖުރިބާކޮށްލެވޭ ގޮތަށް ހަފާފައިވާ ހޮޅުއައްޓެވެ. މީގެ އިތުރަށް ކުޑަކުދިން ކުޅެން ހާއްސަކޮށް، މިނީ ފުޓްސަލް ދަނޑެއްވެސް ހަދާފައިވެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން