އެމްޑީޕީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހިމް ވަހީދު (އިބްރޭ) ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު މިއަދު އައްޔަން ކުރައްވައިފިއެވެ.
މިދިޔަ އަހަރުގެ ސެޕްޓެމްބަރުގެ ނިޔަލަށް އިބްރޭ ހުންނެވީ ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނެޖިން ޑިރެކްޓަރަކަށެވެ. އޭނާ އިސްތިއުފާ ދެއްވީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރަން ފުރުސަތު ނުދެއްވާތީ ކަމަށް ވިދާޅުވެއެވެ.
އިބްރޭ އެ މަގާމަށް އައްޔަން ކުރެއްވިކަން "ހަތާވީސް"އަށް ވަނީ ކަށަވަރުވެފައެވެ. ނަމަވެސް ރައީސް އޮފީހުން ރަސްމީކޮށް، އެކަން އަދި އާންމެއް ނުކުރެއެވެ.
އިބްރޭއަކީ ވަޒީރުންގެ ފެންވަރުގައި ރައީސް އޮފީހުގެ މަގާމަކަށް އައްޔަން ކުރެއްވި ހަ ވަނަ ބޭފުޅާއެވެ.
https://twitter.com/hathavees/status/1641004458279837696?s=20
އިބްރޭއަކީ، 2009އިން 2012އަށް ސަރުކާރުގެ އިސްމަޤާމުތަކެއް ފުރުއްވި ބޭފުޅެކެވެ. މިގޮތުން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހެލްތް އެންޑް ފެމިލީގެ މަޤާމާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ޗެއާމަންކަމުގެ މަޤާމު އިބްރޭ ވަނީ ފުރުއްވާފައެވެ. އަދި ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރގެ މަޤާމާއި، އެކުންފުނީގެ ބޯޑު މެމްބަރުކަމުގެ މަޤާމުވެސް އޭނާ ފުރުއްވާފައިވެއެވެ. މީގެ އިތުރުން 2007 އިން 2018އަށް މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ކޮމްޕެނީ ސެކްރެޓަރީގެ މަޤާމުވެސް އިބްރޭ ފުރުއްވާފައިވެއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން