މަނީލޯންޑަރިންގެ ކުށް ސާބިތުވެ، ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޔާމީނަކީ ރާއްޖެއަށް ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ރައީސެއް ކަމަށާއި މި ރަމަޟާން މަހު، އޭނާ ގެއަށް ބަދަލުކޮށްދިނުމަށް އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލައްވައިފިއެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ބޮންޑޭ ވިދާޅުވީ ކުރީގެ ސަރުކާރުން، ކުރީގެ ރައީސް މައުމޫން ޖަލަށްލުމުން، އެމަނިކުފާނަށް އަނިޔާނުކޮށް، ރަމަޟާންމަހު ގެއަށް ބަދަލުކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި ކަމަށެވެ. ހަމަ އެގޮތަށް ރައީސް ޔާމީން ވެސް ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށް ބޮންޑޭ ވިދާޅުވިއެވެ.
ޔާމީނަށް ތައުރީފު ކުރައްވައި، ބޮންޑޭ ވިދާޅުވީ ޔާމީނަކީ ބްރިޖާއި 25 ބުރީގެ ހޮސްޕިޓަލް ވެސް އެޅުއްވި ބޭފުޅެއް ކަމަށެވެ.
"އެއީ މި ގައުމަށް ވެސް ހިދުމަތްތަކެއް ކޮށްދީފައި، ބްރިޖާއި އެތަން މިތަން، ހޮސްޕިޓަލް ވެސް އަޅާފައި އަޅުގަނޑު އެދެން ޔާމީން ވެސް މި ރަމަޟާންމަހު ވެސް ގޭގައި ބަހައްޓާލަން. ސަރުކާރުން އެވަރު ކަމެއްކޮށްލަދިނުމަށް،" މާފަންނު މެދު ދާއިރާގެ މެމްބަރު ބޮންޑޭ ވިދާޅުވިއެވެ.
ރައީސް ޔާމީނަށް ތައުރީފުކޮށް، އޭނާ ގެއަށް ބަދަލުކުރުމަށް ބޮންޑޭ ގޮވާލައްވާފައި މި ވަނީ މަޖިލީހުގައި ސަރުކާރާ ދެކޮޅަށް ޕީޕީއެމްއާ އެކު ނަޝީދުގެ މެމްބަރުން މަސައްކަތް ކުރައްވަން ފައްޓަވާފައިވާ ކަމުގެ އަޑުތަކެއް ފެތުރިފައިވަނިކޮށެވެ. ނިމިދިޔަ އެމްޑީޕީ ޕްރައިމަރީގައި ރައީސް ނަޝީދަށް ތާއިދުކޮށް، ޕީޕީއެމްގެ ބައެއް އެކްޓިވިސްޓުންނާއި މެމްބަރުން "ފިކުރެއްގެ ދިރުން" ހަރަކާތުގައި ބައިވެރިވެފައިވަނިކޮށެވެ. އަދި ނަޝީދު ރަށްތަކަށް ވަަޑައިގެންނެވުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމުގައި ޕީޕީއެމްގެ މެމްބަރުން ވެސް ބައިވެރިވެއެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި