ދަރަނީގެ މައްސަލަ ހައްލު ކުރުމުގެ ގޮތުން ދަރަނި ރީސްޓްރަކްޗާ ކުރުމުގެ ސަބަބުން ބޭރުގެ ރޭޓިން އެޖެންސީތަކުން ރާއްޖެ އަށް ދީފައިވާ ރޭޓިންތައް ޑައުންގްރޭޑު ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައި އަމީރު ވަނީ ދަރަނި ރީސްޓްރަކްޗާ ކުރާ ނަމަ ބޭރުން ފައިސާ ހޯދަންވެސް ދަތިވާނެ ކަމަށް ވިދާޅުވެފައެވެ.
ބޭރުން ފައިސާ ލިބުން ދަތިވާނެ ސަބަބު ހާމަކުރައްވާ އަމީރު ވަނީ އެކަން އެހެން ދިމާވާނީ ރޭޓިން އެޖެންސީތަކުން ރޭޓިންތައް ޑިފޯލްޓު ކުރުމުން ކަމަށެވެ. ދައުލަތުގެ އިތުރުން އަމިއްލަ ކުންފުނިތަކަށް ވެސް އެކަމުގެ ގެއްލުމާއި ދަތިކަން ކުރިމަތިވާނެ ކަމަށް އަމީރު ވިދާޅުވިއެވެ.
ދައުލަތުން ނެގި ލޯނު އަނބުރާ ދެއްކުމަށް މި އަހަރުގެ މިހާތަނަށް 494 މިލިއަން ރުފިޔާ ހޭދަކޮށްފައެވެ. ބަޖެޓުގެ ޖުމްލަ އަދަދުގެ 8 ޕަސެންޓު ދަރަނި އަދާކުރުމަށް ހޭދަ ކުރާނެއެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ