ރާއްޖޭގައި ބާއްވާ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބިފައިވާ މީހުންގެ ތެރޭގައި ހިމެނޭ، ލޯފަން މީހުން، އެމީހުންނަށް އަމިއްލަ އަށް ގޮސް ވޯޓު ލެވޭނެ ގޮތް ހެދުމަށް އިންތިހާބުތަކާއި ބެހޭ އާއްމު ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު ހުށަހެޅުއްވި އެ އިސްލާހުގެ މަގުސަދަކީ އެހެން މީހެއްގެ އެހީތެރިކަމަކާއި ނުލާ ހާއްސަ އެހީ އަށް ބޭނުންވާ ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ފަހި ކޮށްދިނުމެވެ.
މި އިސްލާހުގައި ބުނެފައިވާ ގޮތުގައި ވޯޓު ކަރުދާހުގައި ފާހަގަ ޖެހުމަށް ޖިސްމާނީ ގޮތުން ނުކުޅެދޫ މީހުންގެ ތެރެއިން ލޯފަން މީހުންނަށް އެހެން މީހެއްގެ އެހީއަކާއި ނުލާ ވޯޓު ކަރުދާހުގައި އަމިއްލަ އަށް ފާހަގަޖަހަން އެދުމުގެ ފުރުސަތު ދެވިގެން ވާނެ ކަމަށެވެ.
[caption id="attachment_40145" align="alignnone" width="1140"] ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދު --- ލޯފަން މީހުންނަށް ވޯޓު ލެވޭނެ އިސްލާހެއް މަޖިލީހަށް ހުށަހެޅީ ޖީހާން[/caption]
އިސްލާހުގައި ބަޔާން ކޮށްފައިވާ ގޮތުގައި އެފަދަ މީހުންގެ ވޯޓުގެ ސިއްރުކަން ކަށަވަރު ކުރުމަށް، އެތެރެ ފެންނަ ޕްލާސްޓިކް ކާޑެއް ބޭނުންކޮށްގެން ވޯޓު ކަރުދާހުގައި ފާހަގަޖެހިދާނެއެވެ. އެފަދަ ފަރާތްތަކުން ވޯޓުލުމަށް ހަމަޖައްސަން ޖެހޭ އިންތިޒާމުތަކާއި ގަވާއިދުތައް ހެދުމަކީ އިލެކްޝަންސް ކޮމިޝަނުގެ ޒިންމާއެއް ކަމަށް އިސްލާހުގައިވެއެވެ.
މިފަދަ އިސްލާހެއް ހުށަހަޅާފައިވާއިރު ދާދިދަހުން ގިނަ އަދަދެއްގެ ލޯފަން ޒުވާނުންތަކެއް ވަނީ އެފަރާތްތަކަށް ވޯޓުލުމުގެ ހައްގު ލިބޭނެ އިންތިޒާމު ހަމަޖައްސައި ދިނުމަށް އެދި އިދާރާތަކާއި ސަރުކާރުގެ ބައެއް އިސްވެރިންނާއި ވެސް ބައްދަލުކުރައްވައިފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން