ރަމަޟާން މަސް ފެށުމުގެ ކުރިން ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަ އިނާޔަތް ލިބިފައި ނުވާ މުވައްޒަފުން އެކަން އެންގުމަށް ލޭބަރ ރިލޭޝަން އޮތޯރިޓީ އިން އެދިއްޖެއެވެ.
އެ އޮތޯރިޓީން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3،000 ރުފިޔާ ދޭންވާނެ ކަމަށެވެ.
ނަމަވެސް ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުދޭ ކަމަށާއި އިނާޔަތް ދިންކަމުގައިވިޔަސް، ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ވަނީ ފާހަގަކުރެވިފައިވާ ކަމަށް އެ އޮތޯރިޓީން ބުނެއެވެ.
ރޯދަ އިނާޔަތް ނުލިބޭ ނަމަ އެ އޮތޯރިޓީގެ ވެބްސައިޓުންނާއި އަދި އެ އޮތޯރިޓީ އަށް ގޮސްގެން ޝަކުވާ ހުށަހެޅޭނެ ކަމަށެވެ. ވަޒީފާއާ ބެހޭ ގާނޫނުގައި ބަޔާން ކޮށްފައިވާ ކަންކަން ވަޒީފާދޭ ފަރާތުން ނުކުރާ ނަމަ 5،000 ރުފިޔާ އިން ފެށިގެން 50،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެއެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި