ސައުދީ ސަރުކާރުން ރާއްޖެއަށް ކޮންމެ އަހަރެއްގެވެސް ރަމަޟާން މަހާއި ދިމާކޮށް ދެމުން އަންނަ ކަދުރު އަންނަ އާދީއްތަ ދުވަހު ބަހަން ފަށާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.
ކަދުރު ބެހުމުގެ މަސައްކަތް ކުރަމުން ގެންދާނީ އިސްލާމިކް މިނިސްޓްރީއާއި ސިޓީ ކައުންސިލް ގުޅިގެންނެވެ.
އެ މިނިސްޓްރީން ބުނީ ކަދުރު ބަހާނީ އިސްލާމިކް މިނިސްްޓްރީގެ ލޮބީ ސަރަހައްދުގައި ކަމަށާއި ރަސްމީ ބަންދު ނޫން ދުވަހެއްގެ ހެނދުނު 9 އިން މެދުުރު 12 އަށް ކަދުރު ބަހަމުން ގެންދާނެ ކަމަށެވެ. އަދި ކަދުރު ބަލާ ދާއިރު އައިޑީ ކާޑު ގެންދަން ޖެހޭނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
އިސްލާމިކް މިނިސްޓްރީން މިދިޔަ އަންގާރަ ދުވަހު ބުނީ ސައޫދީ ސަރުކާރުން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ 50 ޓަނުގެ ކަދުރު ރަސްމީކޮށް އެ ދުވަހު ހަވާލު ކޮށްފައިވާ ކަމަށެވެ.
މި އަދަދަކީ އާއްމު ގޮތެއްގައި ސައުދީން ކަދުރު ފޮނުވާ އަދަދެވެ. ނަމަވެސް 2021ވަނަ އަހަރު ކޮވިޑްގެ ތެރޭގައި ރާއްޖެ އަށް ފޮނުވި ކަދުރުގެ އަދަދު މަދެވެ. އެފަހަރު ފޮނުވީ 25 ޓަނުގެ ކަދުރެވެ.
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން
ޑައިވިނަށް ދިޔަ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ފެނިއްޖެ
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި