ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ފުލުހުން ހޯދަމުން އަންނަ މީހާ އަމިއްލަ އަށް ފުލުހުންނާއި ހަވާލުވެއްޖެއެވެ.
އެ މައްސަލާގައި ފުލުހުން ހޯދަމުން ދިޔައީ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ މީހެކެވެ.
ފުލުހުން ރޭ ބުނީ އޭނާ ހޯދުމަށް އިއްޔެ މާލޭގައި ހާއްސަ އޮޕަރޭޝަނެއް ވެސް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް އޭނާ ފުލުހުންގެ އިދާރާ އަށް އަމިއްލަ އަށް ހާޒިރުވުމުން އޭނާ ހައްޔަރު ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އޭނާ ހޯދަން އިއުލާނުކުރީ މިމަހުގެ 16ވަނަ ދުވަހުއެވެ. އޭގެ ދެ ދުވަހެއްވަރު ފަހުން ފުލުހުން ވަނީ ފައިހް ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ފަސް މީހަކު ހައްޔަރު ކޮށްފައެވެ.
އެ މީހުންގެ ތެރޭގައި ހިމެނެނީ ގޭންގުތަކަށް ނިސްބަތްވާ އިސް މީހުން ކަމަށްވެއެވެ. ނަމަވެސް އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރު ކުރުމުން އޭގެތެރެއިން ދެ މީހަކު ކޯޓުން ވަނީ ދޫކޮށްލައިފައެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި