ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މޮޓޯކެޑަށް ހުރަސް އެޅި މައްސަލަ ބެލުމަށް އެމްއެންޑީއެފް އިން ހާއްސަ ކޮމެޓީއެއް އެކުލަވާލައިފިއެވެ.
އެމްއެންޑީއެފް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ރައީސްގެ މޮޓޯކޭޑަށް ބަޔަކު ހުރަސްއެޅުމާ ގުޅިގެން ހިނގާދިޔަ ކަންކަން ބެލުމަށް އެމްއެންޑީއެފް އިން ހާއްސަ ކޮމެޓީއެއް މިހާރު އެކުލަވާލާފައިވާ ކަމަށެވެ.
އެ ކޮމެޓީއަކީ ގައުމީ ދިފާއީ ބާރުގެ ލީޑާޝިޕްގެ މަޝްވަރާގެ މަތިން ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީ އުފައްދަވާފައިވާ ހާއްސަ ކޮމެޓީއެއް ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
އެފަދަ ކަމެއް ދިމާވުމުން އެމްއެންޑީއެފް ގައި އަމަލުކުރަމުން އަންނަ ޕުރޮސީޖާތަކާއި އެއްގޮތްވާ ގޮތުގެ މަތިން، ޕްރެޒިޑެންސަލް ގާޑްސްގެ ކޮމާންޑިން އޮފިސަރުގެ މަގާމުގައި ހުންނެވި ކާނަލް އިބްރާހިމް މަގާމުގެ މަސްއޫލިއްޔަތާއި ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ބުނެއެވެ. އަދި ޕްރެޒިޑެންސަލް ގާޑްސް ވަގުތީ ގޮތުން ހިންގެވުން މޭޖާ އިބްރާހިމް ހަލީމްއާ ވަނީ ހަވާލު ކުރައްވައިފައެވެ.
ޖެންޑާ މިނިސްޓްރީން ރޭ ހުޅުމާލޭގައި ބޭއްވި ރެހެންދި އެވޯޑު ދިނުމުގެ ހަފްލާގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ވަޑައިގެން ވަގުތު މާލޭގައި އިދިކޮޅު ކޯލިޝަނުން ގެންދިޔައީ އިހުތިޖާޖު ކުރަމުންނެވެ. އަދި ރައީސް ދުއްވާފައި ދިޔަ މޮޓޯކެޑަށް ވަދެވުނީ މުޒާހަރާގެ ބައިވެރިންގެ ތެރެއަށެވެ.
އެއާއެކު މުޒާހަރާގެ ބައިވެރިން ވަނީ ރައީސްގެ މޮޓޯކެޑަށް ހުރަސް އަޅާފައެވެ. ފުލުހުން ބުނީ އެ މައްސަލާގައި ހަތަރު ފިރިހެނަކު ހައްޔަރު ކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި