މިއަހަރު ބާއްވާ ރިޔާސީ އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއާއެކު ކޯލިޝަން ހަދާފައިވާ ސިޔާސީ ޕާޓީތަކާއެކު އެމްޑީޕީގެ އިސް ލީޑަރު އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައްދަލުކުރައްވައިފިއެވެ.
އެ ބައްދަލުވުމުގައި އެމްޑީޕީއާއެކު ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އިން އެޕާޓީގެ ރައީސް ޝައިޚް އިމްރާން އަދި އެމްޑީއޭގެ ލީޑަރު ސިޔާމް އަދި އޭގެ އިތުރުން އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި ޕީޖީ ލީޑަރު އައްޑޫ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ބައިވެރިވެ ވަޑައިގެންނެވިއެވެ.
އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް ރައީސް ސޯލިހު ވަނީ މިހާރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ހުރިހާ ސިޔާސީ ޕާޓީތަކަށް ދައުވަތު ފޮނުއްވައިފައެވެ. ނަމަވެސް އެ ދައުވަތު ހަމައެކަނި ގަބޫލުކުރީ އަދާލަތު ޕާޓީންނެވެ. ސަރުކާރު ކޯލިޝަންގައި މިހާރު ހިމެނޭ ޖުމްހޫރީ ޕާޓީ އަދި އެމްއާރްއެމް އިން އެކަމުގައި އަދި ގޮތެއް ނުނިންމައެވެ.
ޖޭޕީން ވަނީ މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމައިފައެވެ. އެޕާޓީން އިއްޔެ ވަނީ އެމްއާރްއެމްގެ ލީޑާޝިޕާއެކު ވެސް އިއްޔެ ބައްދަލުކޮށްފައެވެ. އަދި އެމްއާރްއެމް އާއެކު ރައީސް ސޯލިހު ވެސް ދާދިފަހުން ވަނީ ބައްދަލުކުރައްވައިފައެވެ.
އެމްޑީއޭ އިން އެމްޑީޕީއާއެކު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމަށް ނިންމީ މިދިޔަ މަހުގެ 24ވަނަ ދުވަހުއެވެ. އެޕާޓީން ބުނީ ދިވެހި ރައްޔިތުންގެ ލާބައާ މަންފާއަށްޓަކައި ރާއްޖޭގެ ސިޔާސީ ހަމަޖެހުން ގާއިމު ކުރުމަށްޓަކައި، އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމީ ކަމަށެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި