ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ނާއިބު ރައީސް އަހްމަދު ޝިޔާމް ރޭގެ ވަގުތެއްގައި ހައްޔަރުކުރީ، ރައްޔިތުން މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް މަޖިލީހުގެ ނާއިބު ރައީސް އީވާ ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ނާއިބު ރައީސް އަދި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަނީ ރޭ އިދިކޮޅުން މާލޭގައި ބޭއްވި މުޒާހަރާގެ ތެރެއިން ޝިޔާމް ހައްޔަރުކުރި ކަމަށާއި ނަމަވެސް މަޖިލިސް ޖަލްސާ ފެއްޓެވުމުގެ ކުރިން ފުލުހުންގެ އިދާރާ އަށް ގުޅާ ސާފު ކުރުމުން ޝިޔާމް ދޫކޮށްލާފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
"އެހެންނަމަވެސް ރައްޔިތުން މަޖިލީހުގެ ގަވާއިދުގެ 236ވަނަ މާއްދާގެ (ށ)ގައިވާ ގޮތުގެ މަތިން، ފުލުހުން އަމަލު ކޮށްފައި ވަނީ އެ ގަވާއިދާ ހިލާފަށް،" އީވާ ވިދާޅުވިއެވެ.
އެ ގަވާއިދުގައި ބަޔާން ކޮށްފައިވާ ގޮތުގައި މަޖިލީހުގެ މެންބަރަކު ހައްޔަރު ކޮށްފި ކަމަށްވާ ނަމަ، އެއް ގަޑިއިރުގެ ތެރޭގައި މަޖިލީހުގެ ރައީސް ނުވަތަ އަމީން އާއްމަށް އަންގަން ވާނެ ކަމަށެވެ.
އީވާ ވިދާޅުވީ އާއްމު އުސޫލެއްގެ ދަށުން މީގެކުރިން ފުލުހުން އެފަދަ މައްސަލަތައް އަންގަމުން ދިޔަ ކަމަށާއި ނަމަވެސް ރޭގެ އެ ހާދިސާ މަޖިލިސް އިދާރާ އަށް އަންގާފައި ނުވާ ކަމަށެވެ. އީވާ ވިދާޅުވީ ޝިޔާމް ދޫކޮށްލީ ގާތްގަނޑަކަށް ހަތަރު ވަރަކަށް ގަޑިއިރު ފަހުން ކަމަށެވެ. އަދި އެހާ އިރު ވެގެންދިޔައިރު ވެސް މަޖިލިސް އިދާރާ އަށް އަންގާފައި ނުވާ ކަމަށް އީވާ ވިދާޅުވިއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން