މާރާމާރީއަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން އުޅުނު މައްސަލާގައި ހައްޔަރުކުރި މީހުންގެ ތެރެއިން ދެ މީހަކު ދޫކޮށްލައިފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ މީހެއް ހޯދަން އިއުލާނު ކޮށްފައެވެ.
އޭނާ ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ފަސް މީހެކެވެ. އެ ފަސް މީހުންނަކީ ވެސް މާލޭގެ ގޭންގަކަށް ނިސްބަތްވާ ހަތަރު ބޮޑުން ކަމަށްވެއެވެ.
އެ މީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ދެ މީހަކު ދޫކޮށްލައިފައެވެ. ނަމަވެސް ބާކީ ތިބި ތިން މީހުންގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހައިދީފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހީމް ފައިހް ނިޒާމް ހޯދަމުން ދިޔައީ ކެފޭ އަކަށް ވަދެ މީހަކު ޒަހަމްކޮށްލި މައްސަލައަކާއި ގުޅިގެންނެވެ.
ޔަޒްމީދު އިސްތިއުފާ ދިނުމުން ޖޭއެސްސީއަށް ރައީސްގެ އާ ބޭފުޅަކު
ވަޔާ ކަނޑުތައް ގަދަވުމުން ޔެލޯ އެލާޓު ނެރެފި
ތިން ރައީސުންގެ މަންދޫބުން ނިންމެވީ ޕާޓީތަކާ މަޝްވަރާކުރަން
ޑައިވިނަށް ދިޔަ ހަތަރު ޓޫރިސްޓުންގެ ހަށިގަނޑު ފެނިއްޖެ
ތިން ރައީސުންގެ ފަރާތުން މަންދޫބުން ކަނޑައަޅައިފި