މާރާމާރީއަކާއި ގުޅިގެން ފުލުހުން ހޯދަމުންދާ މީހަކު ފޮރުވައިގެން އުޅުނު މައްސަލާގައި ބަޔަކު މީހުން ހައްޔަރު ކޮށްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ފުލުހުން ވަނީ ގުރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު ނަމަކަށް ކިޔާ އުމުރުން 25 އަހަރުގެ މީހެއް ހޯދަން އިއުލާނު ކޮށްފައެވެ.
އޭނާ ފޮރުވައިގެން ގެންގުޅުނު މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ ހަތަރު މީހެކެވެ. އެ ހަތަރު މީހުންނަކީ ވެސް މާލޭގެ ގޭންގަކަށް ނިސްބަތްވާ ހަތަރު ބޮޑުން ކަމަށްވެއެވެ.
އެ މީހުންގެ ބަންދުގެ މުއްދަތު އިތުރު ކުރުމަށް ކޯޓަށް ވެސް ވަނީ ހާޒިރު ކޮށްފައެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އިބްރާހީމް ފައިހް ނިޒާމް ހޯދަމުން ދިޔައީ ކެފޭ އަކަށް ވަދެ މީހަކު ޒަހަމްކޮށްލި މައްސަލައަކާއި ގުޅިގެންނެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ