ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްގީ ކޮށްފައިވާ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަތުން ނަގަމުން އަންނަ ކުލި ކުޑަ ކުރުމާއި ގުޅޭ ގޮތުން "ހިޔާ ރައްޔިތުންގެ ގުޅުން" ޖަމިއްޔާ އިން ރައީސް އިބްރާހީމް މުހައްމަދު ސޯލިހްއާ ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފިއެވެ.

ހިޔާ ރައްޔިތުންގެ ގުޅުން ޖަމިއްޔާގެ ސުޕަ އެޑްމިން އަލީ ރިފާއު "ހަތާވީސް" އަށް މިއަދު ވިދާޅުވީ ރައީސް އޮފީހުގައި އޮތް އެ ބައްދަލުވުމުގައި އެންމެ ބޮޑު ރައީސްއާ މަޝްވަރާ ކުރެއްވީ އެންމެ ކަމަކަށް ކަމަށެވެ. އެއީ ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުގެ އަތުން ސަރުކާރުން މިހާރު ނަގަމުން އަންނަ ކުއްޔާއި ގުޅޭ ގޮތުން ކަމަށް އޭނާ ވިދާޅުވިއެވެެ.

އެ ބައްދަލުވުމުގައި ރައީސް ވަނީ ހިޔާ ފްލެޓުތަކުގެ ކުލި ކުޑަ ކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށް ރިފާއު ވިދާޅުވިއެވެ. އަދި ކުލި ކުޑަ ކުރެވިދާނެ އިހުތިޔާރުތަކެއް އެ ބައްދަލުވުމުގައި ރައީސް ވެސް ހުށަހެޅުއްވި ކަމަށް ރިފާއު ވިދާޅުވިއެވެ.

[caption id="attachment_48967" align="alignnone" width="1024"] ހިޔާ ރައްޔިތުންގެ ގުޅުން ޖަމިއްޔާގެ އިސް މެމްބަރުންނާއެކު ރައީސް ސޯލިހު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސް[/caption]

އެގޮތުން:

ފްލެޓުތަކުގެ ވެރިން ފްލެޓުތަކުގެ ފިނިޝިންގެ މަސައްކަތް ނިންމުމަށް ބޭންކުން ނަގާފައިވާ ލޯނުގެ މުއްދަތާއި ހަމައަށް ކުލި ކުޑަ ކުރުން
ކޮންމެހެން ކުލި ކުޑަކުރަން ޖެހޭ މީހުންނަށް ކުލި ކުޑަކުރުން (ސާވޭ އަކަށް ފަހު)
ހިޔާ ފްލެޓުތަކުގައި ދިރިއުޅޭ ހުރިހާ އެންމެންނަށް ވެސް ކުލި ކުޑަކޮށް ދިނުން

"އަޅުގަނޑުމެން ރައީސަށް ދެންނެވިން ފުރަތަމަ ދެ އޮޕްޝަނެއް އަޅުގަނޑުމެން ބޭނުމެއް ނޫނޭ،" ރިފާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ކުލި ކުޑަކުރުމާއި ގުޅޭ ގޮތުން އިކޮނޮމިކް ކައުންސިލާއެކު ރައީސް މަޝްވަރާ ކުރައްވާނެ ކަމަށް ވިދާޅުވި ކަމަށާއި އަދި ގޮތެއް ނިންމުމުގެ ކުރިން އެ ޖަމިއްޔާގެ މެންބަރުންނާއެކު އަދި އެއް ބައްދަލުވުން ބާއްވާނެ ކަމަށް ރައީސް ވިދާޅުވި ކަމަށެވެ.

ހިޔާ ރައްޔިތުންގެ ގުޅުން ޖަމިއްޔާގެ އިސް މެމްބަރުންނާއެކު ރައީސް ސޯލިހު ބޭއްވި ބައްދަލުކުރެއްވުމުގެ ތެރެއިން: ފޮޓޯ / ރައީސް އޮފީސްއެ ވާހަކައިގެ އިތުރުން ވިނަރެސް ފްލެޓުތައް ލިބުނު ފަރާތްތަކުން ދައްކަން ޖެހޭ ޑައުންޕޭމަންޓު ކުޑަ ކޮށްދޭން ވެސް ރައީސަށް ހުށަހެއްވިއެވެ. އޭނާ ވިދާޅުވީ އެ ޖަމިއްޔާ އިން ކުރާ މަސައްކަތަކީ ހުޅުމާލެ ދޭސް ދޭއްގައި ރަނގަޅު ކުރަން ހުރި ކަންކަމާއި އާއްމުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރުން ކަމަށެވެ.

ހިޔާ ފްލެޓުތައް ހަވާލުކުރިއިރު ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ ފްލެޓުތައް ނިންމުމަށް ތިން މަސް ދުވަސް ދީފައެވެ. އެ މުއްދަތު 2021ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް ހަމަވިއެވެ. ނަމަވެސް ހަމަ އެ އަހަރުގެ އެއްބައިވަންތަކުގެ ދުވަހުގެ ޖަލްސާގައި ރައީސް ވަނީ ފްލެޓުތަކުގެ ކުލި ދެއްކުން އިތުރު ތިން މަހަށް ފަސް ކޮށްދެއްވައިފައެވެ.

އެޗްޑީސީ އިން ބުނީ ހިޔާ ފުލެޓުތަކަށް ފައިސާ ދައްކާ ހަލާސް ކުރުމަށް ހަމަޖެހިފައި ވަނީ 25 އަހަރުގެ މުއްދަތަށް ބަހާލައިގެން، އިންސްޓޯލްމަންޓުގެ ގޮތުގައި މަހަކު 7,500 ރުފިޔާ ދައްކާ ގޮތަށް ކަމަށެވެ. އަދި ފުލެޓުގެ މެނޭޖްމެންޓު ފީގެ ގޮތުގައި ކޮންމެ މަހަކު 1,000 ރުފިޔާ ނަގާ ގޮތަށްވެސް ހަމަޖެހިފައިވާ ކަމަށެވެ.