މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބާއި ގުޅޭ މަޝްވަރާ އަށް ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު އަދި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރު ކޯލިޝަންގައި މިހާރުވެސް ހިމެނޭ އެމްއާރްއެމްގެ މުސްތަޝާރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއެކު ބޭއްވި ބައްދަލުވުމުގައި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށް އެޕާޓީން ބުނެފިއެވެ.
އެ ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސް އޮފީހުގައެވެ. އެ ބައްދަލުކުރެއްވުމުގައި ރައީސް މައުމޫންގެ އިތުރުން އެމްއާރްއެމްގެ ރައީސް އަދި ރައީސް މައުމޫންގެ ދަރިކަލުން ފާރިސް މައުމޫނާއި އެމްއާރްއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުލް އަލީމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއާރްއެމްގެ މީޑިއާ ވައިބާ ގްރޫޕްގައި އަލީމް ވިދާޅުވީ އެ ބައްދަލުވުމުގައި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން އަދި ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި ނަމަވެސް އެމްޑީޕީގެ ލީޑާޝިޕާއެކު އެމްއާރްއެމް އިން ކުރިޔަށް އޮތްތަނުގައި މަޝްވަރާ ކުރާނެ ކަމަށެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ 9ވަނަ ދުވަހު ބާއްވަން ނިންމާފައިވާ ރިޔާސީ އިންތިހާބުގައި އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް މިހާރު ވެސް ސަރުކާރުގެ ކޯލިޝަންގައި ތިބި ތިން ޕާޓީ އަށް ރައީސް ސޯލިހުގެ ފަރާތްޕުޅުން ވަނީ ދައުވަތު އަރުވާފައެވެ.
އެ ދައުވަތު ގަބޫލުކޮށް ކޯލިޝަން ހެދުމަށް ނިންމާފައި ވަނީ އަދާލަތު ޕާޓީންނެވެ. ދެން އެމްޑީޕީއާއެކު ކޯލިޝަން ހަދަން ނިންމީ އެމްޑީއޭ އިންނެވެ. ނަމަވެސް އެޕާޓީ އަކީ މި ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއް ނޫނެވެ.
ދައުވަތާއި ގުޅޭ ގޮތުން އެއްވެސް ޖަވާބެއް މިހާތަނަށް ދީފައި ނުވަނީ އެމްއާރްއެމް އަދި ޖޭޕީއެވެ. ޖޭޕީ އިން މިދިޔަ އަންގާރަ ދުވަހު ވަނީ ރިޔާސީ އިންތިހާބުގައި ވަކިން ވާދަ ކުރުމަށް ނިންމައިފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން