ވަޒީފާ އަދާ ކުރާ ކޮންމެ މުވައްޒަފަކަށް ގާނޫނުން ލާޒިމްކޮށް ދޭ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާއާ އަދި ކުންފުނީގެ ފަރާތުން މުވައްޒަފުންނަށް ދޭ ހަދިޔާއަކާއެކު މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ކޮންމެ މުވައްޒަފަކަށް 5،000 ރުފިޔާ ދޭން ނިންމައިފިއެވެ.
މުވައްޒަފުންނަށް އެކުންފުނިން ފޮނުވި ސާކިއުލާއެއްގައި ބުނެފައި ވަނީ ރަމަޟާން މަހުގެ އިނާޔާތުގެ ގޮތުގައި ގާނޫނުގައި ބުނެފައިވާ ފައިސާ މިއަދު ކުންފުނީގެ މުވައްޒަފުންނަށް ޖަމާ ކުރެވޭނެ ކަމަށެވެ،
"މިއާއެކު މި ކުންފުނީގެ މަސައްކަތުގެ ބާވަތުން މުވައްޒަފުންގެ ފަރާތުން ރަމަޟާން މަހުގައި ކުންފުނީގެ މަސައްކަތަށް ބޭނުންވާ އަހަންމިއްތުކަން ފާހަގަކޮށް ރަމަޟާން މަހާއި ގުޅުވައިގެން ހަދިޔާއެއްގެ ގޮތުގައި 2،000 ރުފިޔާ ކުންފުނީގައި ވަޒީފާ އަދާ ކުރާ ކޮންމެ މުސްލިމް މުވައްޒަފެއްގެ ބޭންކް އެކައުންޓަށް ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާއާއެކު ޖަމާކުރެވޭނެ ވާހަކަ ވެސް ދެންނެވީމެވެ،" އެމްއޭސީއެލްގެ ސާކިއުލާގައިވެއެވެ.
ލޭބާ ރިލޭޝަން އޮތޯރިޓީ އިން ވަނީ ރަމަޟާން މަސް ފެށުމުގެ ކުރިން ގާނޫނުގައިވާ ގޮތުގެ މަތިން ރޯދަ އިނާޔަތް މުވައްޒަފުންނަށް ދިނުމަށް ހަނދާން ކޮށްދީފައެވެ.
އެ އޮތޯރިޓީ އިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނުގެ 51ވަނަ މާއްދާގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ އިނާޔަތުގެ ގޮތުގައި، ރަމަޟާން މަސް ފެށުމުގެ ކުރިން 3,000 ރުފިޔާ ދޭން ވާނެ ކަމަށެވެ.
އެހެންނަމަވެސް ވަޒީފާދޭ ބައެއް ފަރާތްތަކުން މުވައްޒަފުންނަށް ރަމަޟާން މަހުގެ އިނާޔަތް ނުދޭކަމާއި، އިނާޔަތް ދިންކަމުގައިވިޔަސް، ގާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް ދީފައިނުވާކަން މީގެ ކުރިންވެސް ވަނީ އެ އޮތޯރިޓީ އަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން