ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)ގެ ފަރާތުން ހުޅުމާލޭގެ ރައްޔިތުންނަށް މިއަދު ބޭއްވި އާއިލީ ހަވީރަށް ހޫނު ތަރުހީބެއް ލިބިގެން ހިނގައްޖެއެވެ.
އެކުންފުނިން ބުނީ އެޗްޑީސީން އަބަދުވެސް މަސައްކަތްކުރަމުން އަންނަނީ ހުޅުމާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަކީ ވެސް އެއްބަޔަކު އަނެއް ބަޔަކާ ގުޅުން ބަދަހި އަދި އެކުއެކީގައި އުޅޭ މުޖުތަމައުއެއްގެ ގޮތުގައި ބިނާ ކުރުމަށް ކަމަށެވެ.
އެ މަގްސަދުގައި މިއަދު ހަވީރު 16:00ން 18:00 އަށް ހުޅުމާލެ ދެވަނަ ފިޔަވަހީގެ ބާބަކިއު ސަރަހައްދުގައި ބޭއްވި ހަވީރަކީ ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ހޫނު ތަރުހީބެއް ލިބިގެން ދިޔަ އާއިލީ ހަވީރެއް ކަމަށް އެޗްޑީސީ އިން ބުނެއެވެ.
ކުރިއަށް އޮތް ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އެ އާއިލީ ހަވީރަކީ މާހެފުމެއްގެ ގޮތުގައި ކުރިއަށް ގެންދިޔަ ހަވީރެކެވެ. އެ މާހެފުމުގައި ކާތަކެތި ތައްޔާރުކުރުމާއި މުޅި މާހެފުން ރާވާ ހިންގުމަށް ވެސް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ފަރާތުން އެ ކުންފުންޏަށް ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބިފައިވާ ކަމަށް އެޗްޑީސީ އިން ބުނެއެވެ.
އެޗްޑީސީން ހިންގާ އެފަދަ ހުރިހާ ހަރަކާތަކަށް ވެސް ހުޅުމާލޭގެ ރައްޔިތުންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން އެކުންފުނިން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން އެ ފުރުސަތުގައި އެކަމަށްޓަކާ ހުޅުމާލޭގެ ރައްޔިތުންނަށް އެޗްޑީސީގެ ފަރާތުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު