ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރަސްމީކޮށް ހުޅުވައިދެއްވައިފިއެވެ.
މި އެއާޕޯޓު ހުޅުވައި ދެއްވުމަށް ރައީސް ސޯލިހު މިރޭ ވަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއްގައި އެރަށަށް ވަޑައިގެންފައެވެ. އަދި މި އެއާޕޯޓު ހުޅުވިގެން ދިއުމާއެކު، މާދަމާ އިން ފެށިގެން އެރަށުގެ އެއާޕޯޓަށް ޝެޑިއުލް ދަތުރުތައް ފަށާނެއެވެ.
އެ ރަށުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް މިދިޔަ ހޯމަ ދުވަހު ވަނީ ޓެސްޓު ފްލައިޓު ޖައްސައިފައެވެ. އެ ފްލައިޓުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ސަރުކާރު ބައެއް ކުންފުނިތަކުގެ އިސްވެރިން ފަރެސްމާތޮޑާ އަށް ވަޑައިގަތެވެ.
އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިޔަށް ގެންދިޔަ މި މަސައްކަތުގެ ދަށުން 1،200 މީޓަރުގެ ރަންވޭއެއް ވަނީ އަޅައިފައެވެ. އަދި ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކޮށްފައިވެއެވެ.
ފަރެސްމާތޮޑާ އަކީ ހުވަދު އަތޮޅުގައި ހަތަރުވަނަ އެއާޕޯޓެވެ. އެގޮތުން ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ކޫއްޑޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓުގެ އިތުރުން ކާޑެއްދޫ އެއާޕޯޓަކީ ވެސް ހުވަދު އަތޮޅުގެ ގާއިމް ކޮށްފައިވާ އެއާޕޯޓުތަކެކެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި