ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެރަށަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގދ. ފަރެސްމާތޮޑާ އެއާޕޯޓު ރަސްމީކޮށް ހުޅުއްވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ފަރެސްމާތޮޑާއަށް ވަޑައިގަންނަވާނެ ކަމަށެވެ.
އެ ރަށުގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް އިއްޔެ ވަނީ ޓެސްޓު ފްލައިޓު ޖައްސައިފައެވެ. އެ ފްލައިޓުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ސަރުކާރު ބައެއް ކުންފުނިތަކުގެ އިސްވެރިން ފަރެސްމާތޮޑާ އަށް ވަޑައިގަތެވެ.
އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިޔަށް ގެންދިޔަ މި މަސައްކަތުގެ ދަށުން 1،200 މީޓަރުގެ ރަންވޭއެއް ވަނީ އަޅައިފައެވެ. އަދި ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކޮށްފައިވެއެވެ.
ފަރެސްމާތޮޑާ އަކީ ހުވަދު އަތޮޅުގައި ހަތަރުވަނަ އެއާޕޯޓެވެ. އެގޮތުން ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ކޫއްޑޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓުގެ އިތުރުން ކާޑެއްދޫ އެއާޕޯޓަކީ ވެސް ހުވަދު އަތޮޅުގެ ގާއިމް ކޮށްފައިވާ އެއާޕޯޓުތަކެކެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން