އއ. އަތޮޅު ރިސޯޓެއްގައި މޫދަށް އެރި އުޅުނު ފަތުރުވެރިޔަކު ގެނބިގެން މަރުވެއްޖެއެވެ.
އެ ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު ބުނީ އެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިއަދުގެ ހެނދުނު 10:31 ހާއިރު ކަމަށެވެ. އެ ފަތުރުވެރިޔާ އއ. އަތޮޅު ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލާއި ހަވާލާދީ ފުލުހުން ބުނެއެވެ.
މަރުވީ އިނގިރޭސިވިލާތަށް ނިސްބަތްވާ އުމުރުން 65 އަހަރުގެ ފިރިހެނެއް ކަމަށް ވެސް ފުލުހުން ބުންޏެވެ. އަދި އެކަމާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.
އިއްޔެ ވެސް ޑައިވިނަށް ފޭބި ފަތުރުވެރިޔަކު ވަނީ މަރުވެފައެވެ. އިއްޔެ މަރުވީ ވެސް އިނގިރޭސިވިލާތަށް ނިސްބަތްވާ ފަތުރުވެރިއެކެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ