މާލޭގައި އިމާރާތެއްގެ މަތިން މިރޭ ވެއްޓުނީ އަންހެނެއް ކަމަށާއި އެމީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ފުރަތަމަ ބުނީ ހެންވޭރު ގެއަކުން މީހަކު ވެއްޓިފައިވާ ކަމަށް މިރޭ 20:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެ ސަރަހައްދުގައި ފުލުހުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އޭރު ފުލުހުން އެ ހާދިސާއާ ގުޅޭ އިތުރު ތަފްސީލެއް ހިއްސާއެއް ނުކުރެއެވެ.

އޭގެ ވަގުތުކޮޅެއް ފަހުން މީޑިއާތަކާއި އިތުރު މައުލޫމާތު ހިއްސާ ކުރަމުން ފުލުހުން ބުނީ އެ މީހާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށްޓަކައި އައިޖީއެމްއެޗަށް ގެންދިޔަ ކަމަށެވެ. ނަމަވެސް ހޮސްޕިޓަލަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ ހާދިސާގައި ނިޔާވެފައި ވަނީ އުމުރުން 32 އަހަރުގެ ދިވެހި އަންހެނެއް ކަމަށް ފުލުހުން ބުންޏެވެ.

މާލޭގެ އިމާރާތަކުން މިރޭ މީހަކު ވެއްޓުނުއިރު ރޭ މާލޭގެ އިމާރާތަކުން ކުޑަކުއްޖަކު ވެއްޓި ވަނީ މަރުވެފައެވެ.