ދިވެހިރާއްޖޭގެ ހައިކޯޓަށް ފަނޑިޔާރަކު ހޯދުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއުލާނު ކޮށްފިއެވެ.
ޖޭއެސްސީ އިން ކޮށްފައިވާ އިއުލާނެއްގައި މިއަދު ބުނީ އެ ކޯޓަށް އެއް ފަނޑިޔާރަކު ބޭނުންވާ ކަމަށެވެ. އެ މަގާމަށް އައްޔަން ކުރައްވާ ބޭފުޅަކަށް އަސާސީ މުސާރައިގެ ގޮތުގައި 36،000 ރުފިޔާ ލިބިގެން ދާނެއެވެ. ލިވިން އެލަވަންސްގެ ގޮތުގައި 15،000 ރުފިޔާ އަދި ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބިގެން ދާނެއެވެ.
މީގެއިތުރުން ދިވެހިރާއްޖޭގެ ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެމަތިން މެޑިކަލް އިންޝުއަރެންސް ރައްޔިތުންގެ މަޖިލީހުންް ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިދެވޭނެ ކަމަށާއި އަދި މަޖިލީހުން ކަނޑައަޅާފައިވާ ގޮތެއްގެ މަތިން ލިބިގެން ދާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ އުމުރުން 25 އަހަރު ފުރިފައިވާ ފަރާތަކަށެވެ. އަދި އެ މަގާމަށް ކުރިމަތިލެވޭނީ މުސްލިމަކަށްވެ ސުންނަތް ޖަމާއަތުގެ މީހަކަށްވެ ބުއްދި ސަލާމަލުން ހުރި މީހަކަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކަށް ހުރި މީހަކަށް ވެގެން ނުވާނެއެވެ. މީގެއިތުރުންވެސް އިސްލާމްދީނުގައި ހައްދެއް ކަނޑައަޅާފައިވާ އެއްވެސް ކުށެއް ނުވަތަ ހިޔާނާތުގެ އެއްވެސް ކުށެއް ރިޝްވަތުގެ ކުށެއް ޝަރީއަތަށް ސާބިތުވެފައި ހުރި މީހަކަށްވެސް ވެގެން ނުވާނެ ކަމަށް ޖޭއެސްސީގެ އިއުލާނުގައިވެއެވެ.
އިސްލާމީ ޝަރީއާ ނުވަތަ ގާނޫނު ނުވަތަ ގާނޫނާއި އިސްލާމީ ޝަރީއާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވާ މީހުންނަށް އެ މަގާމަށް ކުރިމަތިލެވޭއިރު އެމީހަކީ ފަނޑިޔާރުކަމުގައި ނުވަތަ ގާނޫނީ ވަކީލުކަން ކުރުމުގައި ނުވަތަ މިދެކަމުގައި މަދުވެގެން ފަސް އަހަރު ދުވަހުގެ ތަޖްރިބާ ލިބިފައިވާ މީހަކަށް ވާންޖެހެއެވެ.
އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 28ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ހުށަހަޅަން ޖެހޭނެ ކަމަށް ޖޭއެސްސީ އިން ބުންޏެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި