ރާއްޖޭގެ ފަތުރުވެރިކަމާއި ގުޅޭ ގޮތުން ސްރީ ލަންކާގެ ޓޫރިޒަމް މިނިސްޓަރު ދެއްކެވި ވާހަކަތަކާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުންތައް އަމާޒުވުމުން ދެކެވުނު ވާހަކައަށް އޭނާ މައާފަށް އެދިއްޖެއެވެ.
ލަންކާގެ ޓޫރިޒަމް މިނިސްޓަރު ފެނާންޑޯ ހަރިން ވަނީ ރާއްޖެ އަށް އަންނަ ފަތުރުވެރިންނަށް އޮތް ހަމައެކަނި ތަނަކީ ރާއްޖޭގެ މޫދާއި ދޮންވެލި ގޮނޑުދޮށްތައް ކަމަށް ވިދާޅުވެފައެވެ. ފަސް ވަރަކަށް ދުވަހު ރާއްޖޭގެ ރިސޯޓުތަކުގައި މަޑުކޮށްލާ ފަތުރުވެރިން އެތަންތަން މަތިން ފޫހިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ ރާއްޖެ އަންނަ ފަތުރުވެރިން އެއްތަނެއްގައި ބަންދުވެފައި ތިބެންޖެހޭ ކަމަށް ވެސް ވިދާޅުވެފައެވެ.
ފެނާންޑޯގެ އެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ އިތުރުން ސްރީލަންކާގެ ރައްޔިތުން ވެސް ވަނީ އޭނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔައިފައެވެ. އެގޮތުން ލަންކާގެ ބައެއް ރައްޔިތުން ވަނީ ސޯޝަލް މީޑިއާގައި ފެނާންޑޯގެ އެ ވާހަކަތަކާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންގެ ކިބައިން މައާފަށް އެދޭ ކަމަށްވެސް ބުނެފައެވެ. އަދި ރާއްޖެ އާއި ސްރީލަންކާ އަކީ ޒަމާނުއްސުރެ ގާތް އަވައްޓެރި ދެ ގައުމުކަން އެ މީހުން ވަނީ ފާހަގަކޮށްފައެވެ.
ލަންކާގެ ފަތުރުވެރިކަން ފުޅާކޮށް ކުރިއެރުވުމުގެ ނިޔަތުގައި އެހެން ގައުމަކާއި ޖެހިގަނެގެން ނުވާނެ ކަމަށް ވެސް ލަންކާގެ ބައެއް ރައްޔިތުން ސޯޝަލް މީޑިއާގައި ހިޔާލުފާޅުކުރިއެވެ.
https://twitter.com/fernandoharin/status/1635249990703656961?s=20
ނަމަވެސް މައާފަށް އެދެމުގެ ގޮތުން ފެނާންޑޯ ކުރެއްވި ޓްވީޓެއްގައި ވަނީ އޭނާގެ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ދައްކާފައި ވަނީ ވަރަށް ބޮޑަށް އޮޅުވާލައިގެން ކަމަށެވެ. އަދި ލަންކާގެ ފަތުރުވެރިކަން ކުރިއެރުވުމަށް ރާއްޖެއާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން