ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފިއެވެ.
އެ އެއާޕޯޓަށް މިއަދު ހަވީރުގެ ވަގުތެއްގައި ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެއް ވަނީ ޓެސްޓު ދަތުރެއްގައި ފަރެސްމާތޮޑާ އެއާޕޯޓަށް ޖައްސައިފައެވެ. އެ ފްލައިޓުގައި ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް އަދި ސަރުކާރު ބައެއް ކުންފުނިތަކުގެ އިސްވެރިން ފަރެސްމާތޮޑާ އަށް ވަޑައިގަތެވެ.
އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިޔަށް ގެންދިޔަ މި މަސައްކަތުގެ ދަށުން 1،200 މީޓަރުގެ ރަންވޭއެއް ވަނީ އަޅައިފައެވެ. އަދި ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކޮށްފައިވެއެވެ.
ފަރެސްމާތޮޑާ އަކީ ހުވަދު އަތޮޅުގައި ހަތަރުވަނަ އެއާޕޯޓެވެ. އެގޮތުން ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ކޫއްޑޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓުގެ އިތުރުން ކާޑެއްދޫ އެއާޕޯޓަކީ ވެސް ހުވަދު އަތޮޅުގެ ގާއިމް ކޮށްފައިވާ އެއާޕޯޓުތަކެކެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން