ރާއްޖެ އަށް ޕޯސްޓުގެ ޒަރީއާ އިން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
މޯލްޑިވްސް ކަސްޓަމްސް އިން މިއަދު ބުނީ އެއީ މިމަހުގެ ހަތްވަނަ ދުވަހު ޕޯސްޓު މެދުވެރިކޮށް ރާއްޖެ އައިސްފައިވާ ޕާރުސަލެއް ކަމަށެވެ. އަދި އެ ޕާރުސަލްގެ ތެރެއިން ހިކި ފަތްތަކެއް ފެނިގެން ތަހުލީލު ކޮށްފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ އެ ޕާރުސަލަކީ އެމެރިކާ އިން ރާއްޖެ އެތެރެ ކޮށްފައިވާ ޕެކޭޖެއް ކަމަށެވެ.
ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓު ކުރުމުން މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނަބިސް އަށް އެތަކެތި ޕޮޒިޓިވްވެފައިވާ ކަމަށް ވެސް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.
އެތަކެތީގެ ބަރުދަނުގައި 120 ގްރާމު ހުރިއިރު އެތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 96،000 ރުފިޔާ އަށް އަށް އަރާނެ ކަމަށް ކަސްޓަމްސް އިން ބުނެއެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން