ދިވެހި ނޫސްވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި މުހައްމަދު ސަލީމް (ހޯރަފުށި ސަލީމް) އަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ދޭން ފަށައިފިއެވެ.
ރޭ ފަތިހުގެ ވަގުތެއްގައި ހާލު ސީރިއަސްވެގެން އޭނާ ވަނީ އޭޑީކޭ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި ސަލީމަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށްވެއެވެ.
މުހައްމަދު ސަލީމަކީ މިހިނގާ 19ވަނަ ރައްޔިތުން މަޖިލީހުހެ ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް (ސައްލެ)ގެ އެއްބަފާ ބޭބެއެވެ.
މުހައްމަދު ސަލީމަކީ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖޭގައި ނޫސްވެރިކަން ކުރަމުން އައި ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ "ހަވީރު" ގެ ސަބް އެޑިޓަރުކަމާއި "މިއަދު" ނޫހުގެ އެޑިޓަރުކަން ވެސް ކުރައްވާފައެވެ.
ނޫސްވެރިކަމަށް ފަހު ސަލީމް ވަނީ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އައްޔަން ކުރައްވާ 8 މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގެންފައެވެ. އަދި އޭރު ރައީސް މައުމޫން އިސްކޮށް ހުންނަވައިގެން އުފެއްދި ޑީއާރްޕީގައި ވެސް ސަލީމް ވަނީ އިސް މަސައްކަތްތަކެއް ކުރައްވާފައެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން