ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވާ އުފެއްދި އެމްޓީޑީގެ ޓިކެޓުގައި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރުމުގެ ޝައުގުވެރިކަން ތިން މީހަކު ފާޅުކޮށްފިއެވެ.
އެމްޓީޑީ އިން މިއަދު ބުނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި އެޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކ. މާފުށި ތިން ޒުވާނަކު ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ. އެމްޓީޑީ އިން ވާނީ އެފަރާތްތަކަށް ގާނޫނީ ރިކޯޑުތައް ސާފުކޮށް އެޕާޓީ އަށް މިއަދު ހުށަހަޅަން އަންގާފައިވާ ކަމަށެވެ.
އެޕާޓީ އިން ބުނީ މިއީ މާފުށީ ފަހަރު ކަމަށާއި މިއީ ޒުވާނުންގެ ފަހަރު ކަމަށެވެ.
އެމްޓީޑީގެ އިތުރުން ދެން އެ ބައި އިލެކްޝަނުގައި ވާދަ ކުރުމަށް ނިންމާފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ އިންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައެވެ. ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ. އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި