ދިވެހިރާއްޖޭގެ އިގްތިސޯދީ މަންފާއަށްޓަކައި ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން އާބަން ބޮލަވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ އަދި ރެސްޓޯރެންޓްތައް ތަރައްގީކުރުމަށްޓަކައި 6 ފަރާތަކާއިއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.
ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނީ އޭގެތެރޭގައި ރާއްޖޭގައި ނަން މަޝްހޫރު ގިނަ ކުންފުނިތަކާއި، ކެފޭ ރެސްޓޯރަންޓް ހިންގުމުގެ ދާއިރާގައި ގިނަ އަހަރުތަކެއް ވަންދެން ތަޖުރިބާ ހޯދައިފާވާ ފަރާތްތައް ހިމެނޭ ކަމަށެވެ.
އެގޮތުން ބްރަދާސް ކޭޓަރިން އިން ގާއިމުކުރަން ހަމަޖެހިފައިވާ ކެފޭ ރެސްޓޯރެންޓް އެއްބަސްވުމުގައި ބްރަދާސް ކޭޓަރިންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރު މުހައްމަދު ޝައިފްއެވެ. އަދި ރެފްކޫލްގެ ފަރާތުން ގާއިމުކުރަން ހަމަޖެހިފައިވާ ކެފޭ އެއްބަސްވުމުގައި ރެފްކޫލްގެ ފަރާތުން ސޮއިކުރެއްވީ އޮޕަރޭޝަންސް މެނޭޖަރު އަހުމަދު ނިހާދް އަދި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ގާއިމުކުރަން ހަމަޖެހިފައިވާ ކެފޭ އެއްބަސްވުމުގައި ސެލްސިއަސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ މުހައްމަދު ފަޒީލްއެވެ.

[caption id="attachment_48735" align="alignnone" width="1600"] އާބަން ބޮލަވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ ރެސްޓޯރެންޓް ހިންގުމަށް 6 ފަރާތަކާއެކު އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / އެޗްޑީސީ[/caption]
މީގެއިތުރުން، މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންވެސް ވަނީ މި ސަރަހައްދުގައި ކެފޭ ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި މިސްރާބު ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރު އަހުސަން ޒާހިރުއެވެ.
އެޗްޑީސީ އިން ބުނީ ދިވެހިރާއްޖޭގެ ނަން މަޝްހޫރު ފްރޭންޗައިޒް ކަމުގައިވާ ޑައިނެމޯ ރެސްޓޯރެންޓްވެސް އެ ސަރަހައްދުގައި ގާއިމުކުރުމަށް އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ. އެ އެއްބަސްވުމުގައި ޑައިނެމޯގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަލީއެވެ.

[caption id="attachment_48736" align="alignnone" width="1600"] އާބަން ބޮލަވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ ރެސްޓޯރެންޓް ހިންގުމަށް 6 ފަރާތަކާއެކު އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / އެޗްޑީސީ[/caption]
ޑްރީމްސް ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން އާބަން ބޮލެވަޑް ގާއިމު ކުރެވޭ އެންމެ ފުރަތަމަ ގްލޯބަލް ފްރެންޗައިސް އައުޓްލެޓްކަމުގައިވާ ކެނީ ރޮޖާސް ރޯސްޓާސްގެ އެއްބަސްވުމުގައިވެސް މިއަދު ވަނީ ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގައި ޑްރީމްސްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހިމް ހުސެއިންއެވެ.
އެޗްޑީސީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއި ކުރެއްވީ ޗީފް ފައިނޭންޝަލް އޮފިސަރު އަހުމަދު ޝާމްއެވެ.

އާބަން ބޮލަވާޑް މަޝްރޫއު
ވެރި ރަށް މާލެ އާއި ބްރިޖަކުން ގުޅިފައިވާ ހުޅުމާލެ އަކީ ހުރިހާ ގޮތަކުން ވެސް ތަފާތު، ސްމާޓް ސިޓީއެއްގެ ކުލަ ޖެހިފައިވާ ތަހުޒީބް ރަށަކަށް ހެދުމަށް ރާއްޖޭގެ އެއްމެ ބޮޑު އާބަން ޑިވަލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ރަށުގެ ސާފުކަމާއި، އުމްރާނީ އަދި އަސާސީ ގޮތުން ބޭނުންވާނެ ހުރިހާ ފަންތިއެއްގެ ތަރައްގީގެ ޗާޓުތަކާއި ޕްލޭންތައް ހަގީގަތަކަށް ހެދުމަށް އެޗްޑީސީގެ ޓީމުން އާއްމުންގެ ހިޔާލާއި އެއްގޮތަކަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ހުޅުމާލޭގެ ދެ ފޭސް ގުޅޭ ސަރަހައްދު ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ދަނީ ކުރެވެމުންނެވެ.

[caption id="attachment_48737" align="alignnone" width="1600"] އާބަން ބޮލަވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ ރެސްޓޯރެންޓް ހިންގުމަށް 6 ފަރާތަކާއެކު އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / އެޗްޑީސީ[/caption]
އާބަން ބޮލެވަޑް ނިމިގެން ދާއިރު، އެ ސަރަހައްދު ވެގެން ދާނީ ހުޅުމާލޭގެ ތަރައްގީއާ ބަދަހިވަންތަ މުޖުތަމައު ދައްކުވައިދޭ ފުރިހަމަ ރަމްޒަކަށް ކަމަށް އެޗްޑީސީން ބުނެއެވެ. ދުނިޔޭގެ ގިނަ ގައުމުތަކުގައި ވެސް ތަރައްގީ ކުރެވިފައި ހުންނަ ބޮލެވަޑްތަކާއި އެއްގޮތަށް ހުޅުމާލޭގެ އާބަން ބޮލެވަޑް ވެސް ވެގެން ދާނީ، ގިނަ ހިދުމަތްތަކެއް އެއްތަނަކުން ލިބިގެން ދާނެ ތަނަކަށް ކަަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އަދި ދެ ފޭސްގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތައް އާޢިލާ އާއި ރަހުމަތްތެރިންނާއި އެކު ވަގުތު ހޭދަކޮށްލުމަށް ބޭނުން ކުރެވޭނެ މަގުބޫލް ސަރަހައްދަކަށްވެސް ވެގެންދާނެ ކަމަށް ބުންޏެވެ.
މީގެ ކުރިން ބާބަކިޔު ސަރަހައްދުގެ ގޮތުގައި ހުޅުމާލޭގައި ބޭނުން ކުރަމުންދިޔަ ހިސާބު ތަރައްގީކޮށް ނިމޭއިރު އެ ތަނުގައި އާއްމުން މުނިފޫހިފިލުވާ ހިތްހަމަޖެއްސުމަށް ގިނަ ހަރަކާތްތަކެއް ހިންގޭނެއެވެ. އެގޮތުން، ކުޑަކުދިންގެ ޕާކް، އައުޓްޑޯ ޖިމް، ފަދަ ގިނަ ވަސީލަތްތަކެއް ގާއިމް ކުރެވިގެން ދާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި މިހާރު ހުޅުމާލެ ބީޗްގައި ހިންގޭ ކެފޭ ރެސްޓޯރަންޓުތައް ނެތުމަށް ވެސް ދާއިމީ ހައްލެއް އެކަމުން ލިބިގެންދާނެކަން އެޗްޑީސީން ޔަގީންކުރެއެވެ.

[caption id="attachment_48738" align="alignnone" width="1600"] އާބަން ބޮލަވާޑް މަޝްރޫއުގައި ހިމެނޭ ކެފޭ ރެސްޓޯރެންޓް ހިންގުމަށް 6 ފަރާތަކާއެކު އެއްބަސްވުންތަކުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ / އެޗްޑީސީ[/caption]
އެ އައުޓްލެޓްތަކުގައި ފިއުޝަން ސްޓައިލަށް ތަފާތު ގިނަ ކުޒިންތަކުގެ ކާބޯތަކެތި ލިބިގެން ދާނެއެވެ. އަދި އެ ކެފޭތައް ޑިޒައިން ކުރެވިފައި ވަނީ ތިމާވެއްޓާ ރައްޓެހި އަދި އާރބަން ބޮލެވަރޑްގެ ރީތި ކަމަށް ބަލާ އޭގެ އަސްލު ނުގެއްލޭ ގޮތަށެވެ.
ހުޅުމާލޭގެ ތަރައްގީއަށް ކުރެވޭ މަސައްކަތްތަކުގައި ކުލަ ޖެހި، ދުނިޔޭގެ އެކި ގައުމުތަކުން ވެސް ލިބޭ ހިދުމަތްތަކާއި ވަސީލަތްތައް ދުވަހުން ދުވަހަކަށް އިތުރު ވަމުން އަންނައިރު އެޗްޑީސީގެ އަމާޒަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެއަށް ޒިޔާރަތް ކުރާ ރައްޔިތުންގެ ލާބައާއި ފަސޭހައަށް ކުރެވޭ ގިނަ މަސައްކަތްތައް ދެނެގަނެ، ރައްޔިތުންގެ ބައިވެރިވުމާއި އެކު ކުރުން ކަމަށް އެޗްޑީސީން ބުނެއެވެ. އާބަން ބޮލެވަޑް ވެގެން ދާނީ މުޅި ހުޅުމާލޭގެ މަލަމަތި އެ އަސާސުތަކުގެ ދަށުން ބަދަލުކޮށްލަ ދޭނެ ފުރިހަމަ ރަމްޒަކަށެވެ.