ގދ. ފަރެސްމާތޮޑާގައި ތަރައްގީ ކޮށްފައިވާ އެއާޕޯޓަށް އަންނަ ހޯމަ ދުވަހު ޓެސްޓު ފްލައިޓު ޖެއްސުމަށް ނިންމައިފިއެވެ.
އެގޮތުން އެ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުމަށް ނިންމާފައި ވަނީ ހޯމަ ދުވަހުގެ މެންދުރުފަހު 15:45 ހާއިރުއެވެ. އެ އެއާޕޯޓަށް ޓެސްޓު ފްލައިޓުގެ ގޮތުގައި ޖައްސަނީ ގައުމީ އެއާލައިން މޯލްޑިވިއަންގެ ފްލައިޓެކެވެ.
އެމްޓީސީސީއާ ހަވާލު ކޮށްގެން ކުރިޔަށް ގެންދިޔަ މި މަސައްކަތުގެ ދަށުން 1،200 މީޓަރުގެ ރަންވޭއެއް ވަނީ އަޅައިފައެވެ. އަދި ރަންވޭގެ ސަބްގްރޭޑް އަދި ސަބްބޭސް މަސައްކަތް ކުރުމާއި، ޓެކްސީވޭއަކާއި، އޭޕްރަންއަކާއި، ފަޔާ ޕެޑް އަދި ފަޔާ ރޯޑެއް ގާއިމު ކޮށްފައިވެއެވެ.
މިހާރު އެ އެއާޕޯޓްގައި ކުރަމުންދަނީ އޮޕަރޭޝަނަށް ގެނައުމަށްޓަކާ ކުރަންޖެހޭ އެންމެފަހުގެ މަސައްކަތްތަކެވެ.
ފަރެސްމާތޮޑާ އަކީ ހުވަދު އަތޮޅުގައި ހަތަރުވަނަ އެއާޕޯޓެވެ. އެގޮތުން ފަރެސްމާތޮޑާ އެއާޕޯޓުގެ އިތުރުން ކޫއްޑޫ އެއާޕޯޓާއި މާވަރުލު އެއާޕޯޓުގެ އިތުރުން ކާޑެއްދޫ އެއާޕޯޓަކީ ވެސް ހުވަދު އަތޮޅުގެ ގާއިމް ކޮށްފައިވާ އެއާޕޯޓުތަކެކެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން