ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް މިއަހަރު ހައްޖުގެ އަޅުކަން އަދާ ކުރުމަށް ފައިސާ ދައްކާ ފަރާތްތަކުގެ ތެރެއިން ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ ފަރާތްތަކަށް ހައްޖު ކޯޓާގެ 5 ޕަސެންޓު ހާއްސަ ކުރުމަށް އެ ކޯޕަރޭޝަނުން ނިންމައިފިއެވެ.
ހައްޖު ކޯޕަރޭޝަނުން ބުނީ އެ ކުންފުންޏަށް 1444 ވަނަ އަހަރުގެ ހައްޖަށް ގެންދަން ލިބޭ ކޯޓާގެ ތެރެއިން ފަސް ޕަސެންޓު، އެ ކުންފުނި މެދުވެރިކޮށް ހައްޖަށް ދިއުމަށް ފައިސާ ދައްކާ، ހައްޖު ޖާގަ ލިސްޓަށް އަރާފައިވާ ފަރާތްތަކުގެ ތެރެއިން، ފުރާނައަށް ނުރައްކާވާ ފަދަ ބޮޑެތި ބަލިތައް ތަހައްމަލު ކުރަމުންދާ، ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ހާއްސަ ކުރުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން އިއްޔެގެ ނިޔަލަށް [09 މާރިޗު 2023] އެ ކުންފުނީގެ ހައްޖު ޖާގަ ލިސްޓްގައި ހިމެނިފައިވާ، ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް ތަހައްމަލް ކުރަމުންދާ ފަރާތްތަކުގެ ތެރެއިން، ފަރުޟު ހައްޖު އަދާކޮށްފައިނުވާ ފަރާތްތަކަށް ފަސް ޕަސެންޓު ޖާގައަށް އެދި ހުށަހެޅުމަށް ހުޅުވާލާފައިވާ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ ހުށަހެޅުންތައް ބަލައިގަނެވޭނެ އެންމެ ފަހު ތާރީހަކީ މިމަހުގެ 21ވަނަ ދުވަހުގެ މެންދުރު 14:00 ކަމަށެވެ.
ސައުދީ ސަރުކާރުން މިއަހަރު ރާއްޖެ އަށް ވަނީ ކޮވިޑް19 ގެ ކުރިން ރާއްޖެ އިން މީހުން ހައްޖަށް ގެންދިއުމަށް ދެމުން ގެންދިޔަ އަދަދަށް ކޯޓާ ދީފައެވެ. އެއީ 1،000 ހައްޖު ކޯޓާއެވެ. ރާއްޖެއަށް ލިބޭ ރަސްމީ ކޯޓާ ތެރެއިން، ހައްޖު ކޯޕަރޭޝަންގެ އިތުރުން ހުއްދަ ލިބޭ ކޮންމެ ކުންފުންޏަކަށް ދޭނީ 90 (ނުވަދިހަ) ކޯޓާއެވެ.
މާޗު މަހުން ފެށިގެން ކޮންމެ ހަފްތާއަކު ރައީސްގެ ޕްރެސް ކޮންފަރެންސް
ވަތަނީ ހިދުމަތުން ދަސްވެނިވި ކުދިންނަށް ވަޒީފާތައް ހަމަޖައްސައިދީފި
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި