ކުރީގެ ނާއިބު ރައީސް އަހްމަދު އަދީބު އިސްވެ ހުންނަވާ އުފެއްދި އެމްޓީޑީން ވެސް ރައްޔިތުން މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރުމަށް ނިންމައިފިއެވެ.
އެޕާޓީން މިއަދު ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަ ކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފައެވެ. އެގޮތުން އެ ފުރުސަތު މިމަހުގެ 11ވަނަ ދުވަހުގެ ހަވީރު 17:00އާ ހަމައަށް އެޕާޓީން ވަނީ ނިންމައިފައެވެ.
އެމްޓީޑީ އިން ބުނީ އެ ބައިލެކްޝަންގައި ވާދަ ކުރުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރުން އެދޭ ކަމަށެވެ.
އެމްޓީޑީގެ އިތުރުން ދެން އެ ބައި އިލެކްޝަނުގައި ވާދަ ކުރުމަށް ނިންމާފައި ވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ޕީޕީއެމް/ޕީއެންސީ އަދި އެމްއެންޕީ އިންނެވެ.
ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ނިންމާފައި ވަނީ ގުރައިދޫ ދާއިރާގެ ރައްޔިތުން މަޖިލީހުގެ މެންބަރަކަށް ހުންނެވި އިބްރާހީމް ރިޒާ އަވަހާރަވުމާއި ގުޅިގެންނެވެ.
ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން އަންނަ އޭޕްރިލް މަހުގެ 15ވަނަ ދުވަހު ބާއްވާ ގޮތަށް ނިންމާފައެވެ.
ރިޒާ އަވަހާރަވީ މިދިޔަ މަހުގެ 23ވަނަ ދުވަހުއެވެ. އޭނާ އަވަހާރަވީ މެލޭޝިއާގައެވެ. އަވަހާރަވީ ކެންސަރަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި