އިޒްރޭލުގެ ގައުމީ އެއާލައިން އަލް އެލްގެ ދަތުރުތައް ރާއްޖެ އަށް ފެށުމަށް ނިންމާފައިވާ ކަމަށް ބުނެ ރާއްޖޭގެ ގިނަ މީޑިއާތަކެއްގައި ދެކެވެމުން ދިޔަ ވާހަކަތައް ދިވެހި ސަރުކާރުން މިއަދު ދޮގު ކޮށްފިއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކަށް އެ އެއާލައިނުގެ ޗީފް އެގްޒެކެޓިވްއާ ހަވާލާދީ ރާއްޖޭގެ ގިނަ މީޑިއާތަކަކުން ވަނީ އެ މައުލޫމާތު ގެނެސްދީފައެވެ. އެގޮތުން އެ އެއާލައިނުން އަލަށް ދަތުރު ކުރުމަށް ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭ ކަމަށް އެ އެއާލައިންގެ ޗީފް އެގްޒެކެޓިވް ވިދާޅުވެފައިވާ ކަމަށްވެސްވެއެވެ.
ނަމަވެސް މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އެ ވާހަކަތައް އޭނާ އަށް ފެނިވަޑައިގަތީ މީޑިއާތަކުން ކަމަށެވެ.
އެކަމަކު އެފަދަ ނިންމުމެއް ނިންމާފައިވާކަން އެ ގައުމުން ވެސް އަދި އެ އެއާލައިނުން ވެސް ރާއްޖެ އަށް އަންގާފައި ނުވާކަން މިއުވާން ކަށަވަރު ކޮށްދެއްވިއެވެ. އޭނާ ވަނީ އިޒްރޭލާއެކު އެފަދަ އެއްވެސް ކަމެއް ރާއްޖެ އަށް ކުރެވެން ނޯންނާނެކަން ހަނދުމަ ކޮށްދެއްވާފައެވެ. އެއީ އެގައުމާއި ރާއްޖެއާ ދެމެދު ވިޔަފާރީގެ އެއްވެސް ގުޅުމެއް ނޯންނާތީ ކަމަށް މިއުވާން ފާހަގަކުރެއްވިއެވެ.
"އެފަދަ ހުށަހެޅުމެއް އިޒްރޭލުގެ ފަރާތުން ވެސް އަދި އެ އެއާލައިނުގެ ފަރާތުން ވެސް ހުށަހަޅާފައެއް ނެތް. އަދި އެނގިވަޑައިގަންނަވާނެ ވިޔަފާރީގެ ގުޅުމެއް ރާއްޖެއާ އިޒްރޭލާ ދެމެދުގައެއް މިހާރަކު ނޯންނާނެ،" މިއުވާން ވިދާޅުވިއެވެ.
ދެ ގައުމުގެ ދެމެދުގައި ވައިގެ ދަތުރުފަތުރު ކުރެވޭނެ އެއްބަސްވުމެއް ވެސް ނޯންނާނެކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ އެގައުމުގެ އެއްވެސް އެއާލައިނަކަށް ރާއްޖެ އަށް ދަތުރު ކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
ސައުދާ އަށް އާޒިމް: ރައްޔިތުންގެ އިތުބާރަކީ ކުޅޭކުޅޭ އެއްޗަކަށް ނުހަދާ
ޓެރަރިޒަމް ގާނޫނަށް ކުޑޫ ހުށަހެޅުއްވި އިސްލާހު ބަލައިގެންފި