ހަ ރަށެއްގެ އިސްމެޖިސްޓްރޭޓުގެ މަގާމަށް ކުރިމަތިލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީ އިން ވަނީ ނ. އަތޮޅާއި ގއ. އަތޮޅާއި މ. އަތޮޅާއި ވ. އަތޮޅުގެ އިތުރުން ބ. އަތޮޅުގެ އަދި ށ. އަތޮޅުގެ އިސްމެޖިސްޓްރޭޓުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައެވެ.
ޖޭއެސްސީން ބުނީ އެ މަގާމުގެ އަސާސީ މުސާރައިގެ ގޮތުގައި 23,150 ރުފިޔާ ލިބިގެން ދާނެ ކަމަށެވެ. އަދި މެޑިކަލް އެލަވަންސާއި ފޯނު އެލަވަންސް ވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ލިބިގެން ދާނެ ކަމަށް ޖޭއެސްސީ އިން ބުނެއެވެ.
އެ މަގާމަށް ކުރިމަތިލެވޭނީ ކުރިމަތިލާން ހުޅުވާލި އަތޮޅުގެ އެއްވެސް ރަށެއްގެ މެޖިސްޓްރޭޓުގެ މަގާމު ނުވަތަ މެޖިސްޓްރޭޓްކަމުގެ މަގާމު އަދާކުރަމުން ގެންދާ ފަރާތަކަށް ކަމަށް ޖޭއެސްސީ އިން ބުނެއެވެ.
ޖޭއެސްސީ އިން ބުނީ އެ މަގާމަށް ކުރިމަތިލާން ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 21ވަނަ ދުވަހުގެ 12:00ގެ ކުރިން ހުށަހަޅަން ވާނެ ކަމަށެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން