އިސްރާއީލުގެ ހަމަލާތައް ވަރުގަދަވެ، ފަލަސްތީނުގެ ދެކޮޅުވެރިކަން އިތުރުވަމުންދާއިރު، ހިފާފައިވާ ހުޅަނގު އައްސޭރީގައި ހަމަނުޖެހުންތައް ފެތުރިދާނެ ކަމުގެ ބިރު ދަނީ ބޮޑުވަމުންނެވެ.

ފަހަކަށް އައިސް އިސްރާއީލު ސިފައިން މަރާލި ފަލަސްތީނުގެ މީހުންގެ އަދަދު ވަރަށް ބޮޑަށް ވަނީ އިތުރުވެފައެވެ. އިސްރާއީލުގެ ސިޔާސީ މަޝްރަހަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ދަނޑިވަޅެއްގައި އިސްވެރިންތައް ދަނީ ފަލަސްތީނާ ދެކޮޅަށް ހަޑިހުތުރު ވާހަކަތައް ދައްކަމުންނެވެ.
ކިހިނެއްވަނީ؟
ފަލަސްތީނާ ދެކޮޅަށް ދާދި ފަހުން ދިން ހަމަލާތައް އަމާޒުވެފައި ވަނީ 1967 ވަނަ އިސްރާއިލުން ހިފާފައިވާ ހުޅަނގު އަައްސޭރީއަށެވެ.

އިސްރާއީލު ސިފައިންނާއި ވަޒަންވެރިން މިދިޔަ އަހަރު ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ 167 މީހުން މަރާލާފައިވެއެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 71 މީހުން މަރާލާފައިވާއިރު، މިއީ ދުވާލެއްގެ މައްޗަށް އެއް މަރެވެ.

https://twitter.com/PBI_PS/status/1633571582365900800

މިއީ 2000 ވަނަ އަހަރަށް ފަހު އެއް އެންމެ ގިނަ ލޭއޮހޮރުވުން ފެނުނު އަހަރު ކަމަށް ފަލަސްތީނުގެ ސިއްހަތާ ބެހޭ ވުޒާރާއިން ބުނެއެވެ.

ފަލަސްތީނުން އިސްރާއީލަށް ދޭ ހަމަލާތައް ވެސް ވަނީ އިތުރުވެފައެވެ. ފަލަސްތީނުން 2022 ވަނަ އަހަރު އިސްރާއީލުގެ 30 މީހަކު މަރާލާފައިވާއިރު، މިއީ 2008 ވަނަ އަހަރަށް ފަހު އިޒްރޭލުން މަރުވި އެންމެ ބޮޑު އަދަދެވެ. މިއަހަރު ވެސް އިސްރާއީލުގެ 13 މީހަކު ވަނީ މަރާލާފައެވެ.

އދ.ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2020 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރާ ދެމެދު ހަމަލާތައް ވަނީ 137 ޕަސެންޓް އިތުރުވެފައެވެ.

ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިސްރާއިލުން ހިފާފައިވާ ހުޅަނގު އައްސޭރި އާއި އިރުމަތީ ގުދުސްގައި މީހުން އާބާދުކުރުން ގިނަކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ހިފާފައިވާ ސަރަހައްދުގައި މިހާރުވެސް އިސްރާއިލްގެ 7000 އެއްހާ މީހުން ދިރިއުޅެއެވެ.
ނުތަނަވަސްކަން އުފެދުނީ ކީއްވެގެން ހެއްޔެވެ؟
މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ރާޅަށް މަގުފަހިވި ވަކި ހާދިސާއެއް ކަނޑައެޅުމަކީ އުނދަގޫ ކަމެކެވެ. މިހާ ހިސާބަށް ކަންތައްތައް ދިޔައީ 2021 ވަނަ އަހަރުގެ މޭމަހު ހިނގި ހާދިސާތަކުގެ ސަބަބުންނެވެ.

އިސްރާއީލުން ގުދުސްގައި 11 ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ހަމަނުޖެހުންތަކެވެެ. އޭގެ ތެރޭގައި ޝައިހް ޖައްރާހު އަވަށުގައި ދިރިއުޅޭ އާއިލާތައް ބޭރުކުރަން މަސައްކަތްކުރުމާއި އަލްއަގްސާ މިސްކިތުގައި ނަމާދުކުރާ މީހުންނަށް ދިން ހަމަލާތައް ހިމެނެއެވެ.

https://twitter.com/vuthehung_1995/status/1633470792834097152

އިޒްރޭލުން އޭރު ފަލަސްތީނުގެ 274 މީހުން މަރާލިއެވެ. އޭގެ ތެރެއިން 28 މީހުންނަކީ ހުޅަނގު އައްސޭރީގެ މީހުންނެވެ. އިޒްރޭލުގެ 13 މީހަކު ވަނީ މަރުވެފައެވެ.

ނަމަވެސް އޭގެ ފަހުން ހުޅަނގު އައްސޭރީގައި ހަތިޔާރު އެޅި ފަލަސްތީނުގެ ހަނގުރާމަ ވަނީ އިތުރުވެފައެވެ. ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ޖެނިން، ނަބްލުސް، ތުލްކަރްމް އަދި ޖެރީކޯ ފަދަ ސިޓީތަކުގައި ހަތިޔާރު އެޅި ފަސް ޖަމާއަތެއް ވަނީ އުފެދިފައެވެ.

އެފަދަ ޖަމާއަތްތަކުގެ މީހުން ބުނަނީ ފަލަސްތީނުގެ ސިޓީތަކާއި ރެފިއުޖީ ކޭމްޕްތައް ދިފާޢުކުރުމަށް ހަތިޔާރު އުފުލަނީ އިޒްރޭލުން ރޭގަނޑުގެ ވަގުތުތަކުގައި ބަލައި ފާސްކުރުމުގެ އޮޕަރޭޝަންތައް ހިންގައި ހަމަލާތައް ދެމުންދާތީ ކަމަށެވެ. އެ ޖަމާއަތްތަކުން ވަނީ އިޒްރޭލުގެ ޗެކްޕޮއިންޓްތަކަށާއި އަސްކަރީ ޕޯސްޓުތަކަށް، ދިފާއުގައި ހަމަލާތައް ދީފައެވެ.

އިސްރާއީލުގެ އަސްކަރިއްޔާގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން 2021 ވަނަ އަހަރުން ފެށިގެން 2022 ވަނަ އަހަރުގެ ނިޔަލަށް ހުޅަނގު އައްސޭރީގައި އިޒްރޭލުގެ ބަޑިޖެހުމުގެ ހާދިސާތައް ވަނީ 367 ޕަސެންޓް އިތުރުވެފައެވެ
މުސްތަގުބަލް ފެންނަނީ ކިހިނެއް؟
އިސްރާއީލުން ޔަހޫދިންގެ އާބާދުވުން އިތުރުކޮށް އެ މީހުންގެ ބާރުގެ ދަށަށް ގެނައުމުގެ މަސައްކަތް ކުރަމުންދާއިރު، ސިޔާސީ ހައްލެއް ގެނައުމަކީ ދުރުކަމެއްކަމެކެވެ.

2005 ވަނަ އަހަރު ދެވަނަ އިންތިފާދާ ގެއްލުނު ފަހުން، އިސްރާއީލުން ވަނީ ގައްޒާއަށް ބޮމުގެ ފަސް ހަމަލާއެއް ދީފައެވެ. 2014-2015 ވަނަ އަހަރު ފަލަސްތީނުގެ ނުރައްކާތެރި ވަޅިން ހަމަލާދިނުމުގެ ރާޅެއް އިތުރުވެ، 2021 ވަނަ އަހަރުގެ މެއި މަހު އިސްރާއީލާއި ފަލަސްތީނާ ދެމެދު ވަނީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިފައެވެ.

މިހާރު އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ދެން ކުރިމަތިވާނީ ކޮން ކަހަލަ ކަންތައްތަކެއް އަންދާޒާ ކުރަންވެސް ދަތިއެވެ.

ނަމަވެސް އިޒްރޭލުގެ ހަރުކަށި ސަރުކާރާއި ފަލަސްތީނުގައި އިތުރުވެފައިވާ ހަތިޔާރު އެޅި ޖަމާއަތްތަކާއެކު އިންޓެލިޖެންސް އެޖެންސީތަކާއި ޑިޕްލޮމެޓުންނާއި އެނަލިސްޓުން ދަނީ ބޮޑެތި ހަމަނުޖެހުންތަކެއް އުފެދިދާނެ ކަމުގެ އިންޒާރު ދެމުންނެވެ.

ސީއައިއޭގެ ޑިރެކްޓަރު ވިލިއަމް ބާންސް ދާދި ފަހުން ވިދާޅުވެފައި ވަނީ މިހާރު އުފެދިފައިވާ ނުތަނަވަސްކަމަކީ ދެވަނަ އިންތިފާދާއާ ވަރަށް ބޮޑަށް އެއްގޮތް ކަމެއް ކަމަށެވެ.

ކޮންޓްރޯލް ނުކުރެވޭ ވަރުގެ ހަމަނުޖެހުންތައް ފެތުރުމުގެ ބިރު އޮތުމުން އުރުދުން، މިސްރު އަދި އެމެރިކާ އިން ވަނީ ފަހަކަށް އައިސް ހަނގުރާމަ ހުއްޓުވުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވާން ފަށައިފައެވެ.

ނަމަވެސް އެމެރިކާ، އުރުދުން، މިސްރު، އިސްރާއީލް އަދި ޕީއޭ އިން ސަލާމަތީ މަޝްވަރާތައް ބާއްވަމުން ދަނިކޮށް މިދިޔަ މަހު ފަލަސްތީނުގެ ހުއްވާރާ އަވަށުގައި ހިނގި ހަމަނުޖެހުންފަދަ ހާދިސާތަކުން ކުރިއަށް އޮތް ތަނުގައި އިތުރު ހަމަނުޖެހުންތަކެއް ފެނިގެން ހިނގައިދާނެ ކަމުގެ އިޝާރާތެއް ވަނީ ލިބިފައެޗެ.

އިސްރާއީލުގެ ހަރުކަށި ފިކުރުގެ ގައުމީ ސަލާމަތާ ބެހޭ ވަޒީރު އިޓަމާރު ބެން-ގްވީރު މީގެ ކުރިން ވަނީ ގުދުސްގައި އިސްރާއީލުގެ ފުލުހުންގެ ސްޓްރެޓެޖީ ބަލަހައްޓަވަމުން ގެންދަވާ އިރު، އެ މިސްކިތުގައި އިސްރާއީލުގެ ދިދަ ނެގުމަށް ގޮވާލައްވާފައެވެ.