މަރުކަޒީ ބޭންކް (އެމްއެމްއޭ)ގައި މަސައްކަތް ކުރާ އަންހެން މުވައްޒަފުންގެ ތެރެއިން ގާތުންދޭ މައިންނަށް ދެވޭ 1 ގަޑިއިރުގެ ވަގުތު 2 ގަޑިއިރަށް އެ އޮތޯރިޓީ އިން ބަދަލުކޮށްފިއެވެ.
އެމްއެމްއޭ އިން މިއަދު ވަނީ ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން މުވައްޒަފުންގެ ހާއްސަ ބައްދަލުވުމެއް ބާއްވައިފައެވެ.
އެމްއެމްއޭ އިން ބުނީ އެ އޮތޯރިޓީ އަކީ މިންތީގެ ހަމަހަމަކަށް ގާއިމުކޮށް އަންހެނުންނަށް ވަޒީފާ އަދާކުރުމުގައި ފަސޭހަ މާހައުލެއް އުފެއްދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާ އިދާރާއެއް ކަމަށެވެ.
ވަކިން ހާއްސަކޮށް އެމްއެމްއޭގެ ލީޑާޝިޕްގައި ވެސް އަންހެނުންގެ ދައުރު އަބަދުވެސް ބޮޑުކަން އެ އޮތޯރިޓީން ފާހަގަކުރެއެވެ.
ގާތުން ދޭ މައިންނަށް ދެވޭ ވަގުތު އިތުރު ކުރުމުން ގާތުންދޭ ހުރިހާ މައިންނަށް ވެސް މަސައްކަތުގެ ގަޑީގެ ތެރެއިން 2 ގަޑިއިރުގެ ހުސް ވަގުތެއް ދަރިފުޅާއެކު ހޭދަކުރުމަށް ލިބިގެންދާނެ ކަމަށް އެމްއެމްއޭ އިން ބުނެއެވެ.
އަންހެނުންގެ ކުރިއެރުމަށް އިސްކަންދިނުމުގައި އެމްއެމްއޭ އިން އަބަދު ވެސް އަކީ އަބަދުވެސް ނަމޫނާ ދައްކަމުން އަންނަ އިދާރާއެކެވެ. އެގޮތުން ވިހެއުމާ ގުޅިގެން ދެވޭ ޗުއްޓީ 6 މަސްދުވަހަށް އިތުރުކުރި އެންމެ ފުރަތަމަ އެއް އިދާރާއަކީ ވެސް އެމްއެމްއޭއެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން