ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށާއި ސިވިލް ކޯޓުގެ ގާޒީ ކަމަށް ކުރިމަތިލާން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހުޅުވާލައިފިއެވެ.
ޖޭއެސްސީ އިން ބުނީ ސިވިލް ކޯޓުގެ އިސްގާޒީ އަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 31،000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާގެ އިތުރުން ރިސްކު އެލަވަންސްގެ ގޮތުގައި 1650 ރުފިޔާ ލިބޭނެ ކަމަށެވެ. އެހެންކަމުން އެ ކޯޓުގެ އިސްފަނޑިޔާރަކަށް ހުންނަވާ ބޭފުޅަކަށް 47،650 ރުފިޔާ ލިބިގެން ދާނެއެވެ.
ހައިކޯޓުގެ އިސްގާޒީ އަކަށް ހުންނަވާ ބޭފުޅަކަށް އަސާސީ މުސާރައިގެ ގޮތުގައި މަހަކު 38،000 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާގެ އިތުރުން ރިސްކު އެލަވަންސްގެ ގޮތުގައި 3،300 ރުފިޔާ ލިބޭނެ ކަމަށެވެ. އެހެންކަމުން އެ ކޯޓުގެ އިސްފަނޑިޔާރަކަށް ހުންނަވާ ބޭފުޅަކަށް 56،300 ރުފިޔާ ލިބިގެން ދާނެއެވެ.
މީގެއިތުރުން ވެސް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ ގޮތުގެމަތިން ފޯނު އެލަވަންސާއި މެޑިކަލް އެލަވަންސް ހަމަޖެހިގެން ދާނެ ކަމަށް ވެސް ޖޭއެސްސީ އިން ބުންޏެވެ.
މި މަގާމުތަކުގެ ތެރެއިން ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ކުރިމަތިލެވޭނީ މިހާރުވެސް އެކޯޓުގައި ފަނޑިޔާރުކަން ކުރައްވާ ބޭފުޅަކަށެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރަކަށް ކުރިމަތިލެވޭނީ ހައިކޯޓުގެ ފަނޑިޔާރުކަމުގެ ވަޒީފާ އަދާކުރައްވަމުން ގެންދާ ފަރާތަކަށެވެ.
ސިވިލް ކޯޓުގެ އިސްގާޒީ ކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން މިމަހު 19ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ. އަދި ހައިކޯޓުގެ އިސްފަނޑިޔާރު ކަމަށް ޝަރުތު ހަމަވާ ފަރާތްތަކުން މިމަހުގެ 20ވަނަ ދުވަހުގެ ކުރިން ހުށަހަޅަން ޖެހެއެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި