މުޖުތަމައުގެ ކުރިއެރުވުމަށް އަންހެނުން އަދާ ކުރަމުން އަންނަނީ ބަދަލު ނުކުރެވޭ ވަރުގެ ދައުރެއް ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ބައިނަލްއަގުވާމީ ގޮތުން މިއަދު ފާހަގަކުރާ އަންހެނުންގެ ދުވަހާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.
ރައީސް ސޯލިހު ވިދާޅުވީ ޑިޖިޓަލް މުސްތަގުބަލު ބައްޓަން ކުރުމަށް އަންހެނުން ބާރުވެރި ކުރުވުމަށްޓަކައި އެ ދާއިރާ އިން އަންހެނުންނަށް އިތުރު ފުރުސަތުތައް ހޯދައި ދޭން ޖެހޭ ކަމަށެވެ. އެހެން ނޫން ނަމަ ޑިޖިޓަލް މުސްތަގުބަލް ކުރިރައިގެން ނުދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
https://twitter.com/ibusolih/status/1633350147609444352?s=20
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ މިއަހަރުގެ ޝިއާރެއްގެ ގޮތުގައި އދ. އިން ކަނޑައަޅާފައި ވަނީ ޑިޖިޓްއޯލް: އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޯ ޖެންޑާ އީކުއަލިޓީ" އެވެ.
ޑޮލަރުގެ ބަދަލުގައި ރުފިޔާ އިން މުސާރަ ދޭ ގޮތަށް ބަދަލު ގެންނަނީ
ވިޒިޓް މޯލްޑިވްސް އެމްޑީގެ މަގާމުން ޝިއުރީ އިސްތިއުފާ ދީފި
ލަމްބަގިނީ ދުއްވި ރިފާއުގެ ލައިސަންސް ހިފަހައްޓައިފި
ސިނަމާލެއިން ތިލަމާލެއަށް: ބިޔަ އިންޖިނިއަރިންގެ އިންގިލާބެއް
އިންޑިއާގެ ކޮންސިއުލޭޓު އޮފީހެއް އައްޑޫގައި ގާއިމްކުރަނީ