ވިމެން ޔުނައިޓް- ޑިޖިޓަލްގެ ނަމުގައި ހާއްސަ ހަރަކާތެއް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ) އާއި ޖެންޑާ މިނިސްޓްރީ އަދި ވިމެން އިން ޓެކް އެމްވީއާ ގުޅިގެން ކުރިޔަށް ގެންގޮސްފިއެވެ.
އެގޮތުން މިއަހަރުގެ ތީމެއްގެ ގޮތުގައި ކަނޑައަޅާފައިވާ "ޑިޖިޓަލް – އިނޮވޭޝަން އެންޑް ޓެކްނޮލޮޖީ ފޮ ޖެންޑާ އީކުއާލިޓީ" ގުޅުވައިގެން މިއަހަރުގެ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ފަރުކޮޅުފުށީގައިވަނީ ވިމެން ޔުނައިޓް - ޑިޖިޓަލްގެ ނަމުގައި ހާއްސަ ހަރަކާތެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށް އެޗްޑީސީ އިން ބުންޏެވެ.
އަދި ނެޓްވޯކިންގގެ ގިނަ ހަރަކާތްތަކާއި ޕެނަލް ޑިސްކަޝަނެއްވެސް މި ހަރަކާތުގެ ތެރެއިން ވަނީ ކުރިޔަށް ގެންދެވިފައިވާ ކަމަށްވެސް އެކޯޕަރޭޝަނުން ބުންޏެވެ. މިއީ ޓެކްނޮލޮޖީގެ ދާއިރާއަށް ޝައުގުވެރިވާ އަދި މި ދާއިރާއިން ކުރިޔަށްދާން ބޭނުންވާ ފަރާތްތަކަށް މަގުފަހިވެގެންދިޔަ ރަނުގެ ފުރުސަތެއްކަން އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
އެކޯޕަރޭޝަނުން ބުނީ ކޮންމެ އަހަރަކުވެސް ބައިނަލްއަގުވާމީ އަންހެނުންގެ ދުވަސް ކުލަގަދަކޮށް ފާހަގަކޮށް އުޅުމަކީ އެ ކޯޕަރޭޝަނުން އަބަދުވެސް ކުރަމުން އަންނަ ކަމެއް ކަމަށާއި ޓެކްނޮލޮޖީ ދާއިރާއާއި އަދި އެ ނޫންވެސް އެކި ދާއިރާތަކުގައި މަސައްކަތްކުރަމުން އަންނަ އަންހެނުންނަށް ވީހާވެސް ގިނަ ފުރުސަތުތައް އިތުރުކޮށްދީ، މުވައްޒަފުންނަށް އަމާޒުކޮށްގެން އެފަދަ ގިނަ ހަރަކާތްތައް ކުރިޔަށް ގެންދެވުމަކީ އެ ކޯޕަރޭޝަނުގެ އަމާޒެއް ކަމަށް އެ ކޯޕަރޭޝަނުން ފާހަގަކުރިއެވެ.
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި