މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ބަޔަކު ހައްޔަރުކޮށްފިއެވެ.
ކޮމިޝަނަރު އޮފް ޕޮލިސް މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ އަށް އެތެރެކުރި ކަމަށް ފުލުހުންނަށް ލިބިފައިވާ އިންޓެެލިޖެންސް މައުލޫމާތުގެ މައްޗަށް މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ހާއްސަ އޮޕަރޭޝަނެއް ފުލުހުން ހިންގާފައިވާ ކަމަށެވެ.
އެ އޮޕަރޭޝަނުގައި މާލޭގެ 10 ތަނެއް ބަލާ ފާސް ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ އޮޕަރޭޝަނުގައި 4.097 ކިލޯ ހެރޮއިން ފޮރުވާފައި ހުއްޓާ ހޯދާފައިވާއިރު އެ އޮޕަރޭޝަނުގައި ފަސް މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ސީޕީ ހަމީދު ވިދާޅުވިއެވެ.
https://twitter.com/M_Hameedh/status/1633042767583784962?s=20
މީގެކުރިން ވެސް ފުލުހުން ވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް މިފަދަ ގިނަ ޑުރަގު އޮޕަރޭޝަންތައް ހިންގައިފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން