ކ. ހިންމަފުށީގައި ސްޓެލްކޯ އިން ބެހެއްޓި އާ ޖަނަރޭޓަރު ސެޓުން އެރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.
ހިންމަފުއްޓަށް ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ސްޓެލްކޯ އިން ބުނީ ހިންމަފުށީގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކޮށް، އެ ރަށުގައި ދެމުންގެންދާ ހިދުމަތް އިތުރަށް ފުރިހަމަ ކުރުމަށްޓަކައި، މިހާރު ވަނީ 800 ކިލޯވޮޓުގެ އައު ޖަނަރޭޓަރުސެޓެއް އެރަށަށް ފޮނުވާ، ކޮމިޝަންކޮށް ބޭނުން ކުރަން ފަށާފައިވާ ކަމަށެވެ.
އެ ކުންފުނިން ބުނީ އަލަށް ބެހެއްޓި ޖަނަރޭޓަރުސެޓާއެކު، ހިންމަފުށީގެ ކެޕޭސިޓީ 1450 ކިލޯވޮޓުން 2050 ކިލޯވޮޓަށް އިތުރު ކުރެވިފައިވާ ކަމަށެވެ.
ސްޓެލްކޯ އިން އަންނަނީ މާލޭގެ އިތުރުން ރަށްރަށުގައި އެ ކުންފުނިން ދެމުން އަންނަ ކަރަންޓުގެ ހިދުމަތް ފުޅާ ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން