ދަތުރު ދިއުމަށް ސަރުކާރުން ތަރައްގީ ކޮށްފައިވާ ކުޑަގިރީގައި މާހެފުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.
އެގޮތުން ކުޑަގިރިން މިއަދު ވަނީ މާހެފުމަށް އެރަށަށް ދާން ބޭނުންވާ ފަރާތްތަކަށް އެރަށުން މާހެފުމަށް ލިބޭނެ ތަކެއްޗާއި އަގުތައް ހިއްސާ ކޮށްފައެވެ.
އެ މެނޫގައި 18 އައިޓަމެއް ލިބެން ހުރެއެވެ. އޭގެތެރޭގައި އާއްމުކޮށް މާހެފުމުގައި ހުންނަ ގިނަ އަދަދެއްގެ ބާވަތްތައް ލިބެން ހުރެއެވެ. އޭގެތެރޭގައި ކުޅި ފާރޮއްޓާއި މަސްކުރޮޅި އާއި ރޮއްޓާއި މާފުށާއި ކާއްޓާއި ކުޅި ބޯކިބާ ފަދަ ތަކެތި ލިބެން ހުރެއެވެ.
https://twitter.com/KudagiriMv/status/1632982458823237632?s=20
ކުޑަގިރިން ބުނީ މާހެފުމަށް ދާ ކޮންމެ ދަތުރުވެރިއެއްގެ އަތުން ނަގާނީ 165 ރުފިޔާ ކަމަށެވެ. އިތުރު މައުލޫމާތު ބޭނުންވާ ފަރާތްތަކުން 3356454 އަށް ގުޅުމުން މާހެފުމާއި ގުޅޭ އިތުރު މައުލޫމާތު ލިބިގެން ދާނެއެވެ.
މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ޕިކްނިކް ދިއުމަށް މާލެ ކައިރީގައި ތަރައްގީ ކޮށްފައިވާ “ކުޑަގިރި ޕިކްނިކް އައިލެންޑް” އާއްމުންނަށް ހުޅުވާލީ މިދިޔަ މަހުގެ 11ވަނަ ދުވަހުއެވެ.
ނަޝީދު އަލީއަށް ތާއިދުކޮށް، ހަރުގޭގައި ދެ މިނެޓްގެ ވާހަކަކޮޅެއް
ގުޅިފަޅު ކައިރިން މަރުވެފައި އޮތް ބިދޭސީއަކު ފެނިއްޖެ
ކޮރަޕްޝަނާ ދެކޮޅު ޒަރިޔަންދު، ޔާމީންގެ ޕާޓީގެ ޓިކެޓުގައި މޭޔަރު ކަމަށް
ލިލީ އިން އަނެއްކާ ވެސް އޮލިމްޕަހަށް
މީދާ މަދުކުރުމުގެ ހަރަކާތް ލޯކަލް މާރުކޭޓް ސަރަހައްދުން ފަށައިފި
ދޯންޏެއްގައި އެކަނި ދަނިކޮށް ދިޔަވެ އަޑިއަށް، ސަލާމަތް ކުރީ ފުލުހުން