މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި އެހެން ޕާޓީއަކާއެކު ކޯލިޝަން ހަދަން ޖެހިއްޖެ ނަމަ އެކަން ކުރުމުގެ ބާރު ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހީމަށް ދިނުމަށް އެޕާޓީގެ ކައުންސިލުން ފާސް ކޮށްފިއެވެ.
ޖޭޕީގެ ގައުމީ ކޮންފަރެންސުގައި އަލަށް އިންތިހާބުކުރި ޕާޓީގެ އިސް މަގާމުތަކުގެ މެންބަރުންނާއެކު ފުރަތަމަ ފަހަރަށް ބޭއްވި އެޕާޓީގެ ކައުންސިލަށް މިއަދު ވަނީ ގަރާރެއް ހުށަހަޅާފައެވެ. އެ ގަރާރު ހުށަހެޅީ ކައުންސިލް މެންބަރު މުހައްމަދު ނާޒިލެވެ.
ނާޒިލްގެ އެ ގަރާރުގައި ވަނީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓާއި، ކޯލިޝަނެއް ހަދަންޖެހިއްޖެ ހިނދެއްގައި އެކަމުގެ މަޝްވަރާތައް ކުރުމުގެ ބާރާއި އިހުތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަކީ ޕާޓީގެ މަސްލަހަތު އެންމެ ރައްކާތެރި ކުރެވޭނެ ގޮތް ކަމަށެވެ. އެހެންކަމުން އެ ބާރާއި އިހުތިޔާރު ޕާޓީގެ ލީޑަރަށް ދިނުމަށް އޭނާ ހުށަހެޅިއެވެ. އޭނާގެ ހުށަހެޅުން ފާސްވީ ކައުންސިލް ބައްދަލުވުމުގައި ބައިވެރިވި މެމްބަރުންގެ އިއްތިފާގުންނެވެ.
މިފަދަ ނިންމުމެއް ޖޭޕީގެ ކައުންސިލުން ނިންމާފައި މިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވާދަ ކުރުމާއި ގުޅޭ ގޮތުން އެޕާޓީގެ ގައުމީ ކޮންފަރެންސަށް ގަރާރަށް ހުށަހަޅާ ފާސް ކޮށްފައި ވަނިކޮށެވެ.
ރިޔާސީ އިންތިހާބުގައި ނިކުތުމާއި މެދު އަދި ޖޭޕީން ގޮތެއް ނުނިންމައެވެ. ރިޔާސީ އިންތިހާބުގައި ނިކުތުމަށް މިހާރު ގޮތް ނިންމާފައި ވަނީ ދެ ޕާޓީއަކުންނެވެ. އެއީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީ އާއި އެމްއެންޕީއެވެ. އެމްޑީޕީގެ ފަރާތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިކުންނަވާއިރު އެމްއެންޕީގެ ފަރާތުން ވާދަކުރައްވަނީ މުހައްމަދު ނާޒިމެވެ.
އެމްޑީޕީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީ އަދި އެމްޑީއޭ އިން ވަނީ ނިންމައިފައެވެ. ރައީސް ސޯލިހު ވަނީ އެޕާޓީއާއެކު ކޯލިޝަން ހެދުމުގެ ދައުވަތު ޖޭޕީއަށް ވެސް އަރުވައިފައެވެ. ނަމަވެސް ޖޭޕީން އަދި އެކަމާއި ގުޅޭ ގޮތުން އެއްވެސް ނިންމުމެއް ނިންމާފައެއް ނުވެއެވެ.
 
		 
										
										 
		 
		 
		 ބަޖެޓުން އެންމެ ގިނަ ފައިސާ ދެނީ މިނިސްޓަރު އަސްވާޑުގެ ސަންގުޓީވީއަށް
														
							
								ބަޖެޓުން އެންމެ ގިނަ ފައިސާ ދެނީ މިނިސްޓަރު އަސްވާޑުގެ ސަންގުޓީވީއަށް								 ހޯކްސްގެ ވަގު ސިނގިރޭޓް މައްސަލާގައި ދެ މީހަކު ވަކިކޮށްފި
														
							
								ހޯކްސްގެ ވަގު ސިނގިރޭޓް މައްސަލާގައި ދެ މީހަކު ވަކިކޮށްފި								 ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް
														
							
								ބޯހިޔާވަހިކަމަށް އިހުމާލުވެފައި ވާތީ އެމްޑީޕީގެ އެއްވުމެއް								 ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ
														
							
								ޑޮލަރު ފޭރުން: މީހުންގެ ވަނަވަރު އާއްމުކޮށްފި، ފައިސާ އަދިވެސް ނުހޯދޭ								 ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް
														
							
								ޒަމްއަތު މީޑިއާ ކޮންޓްރޯލްކުރާ ކޮމިޝަނުގެ ނާއިބު ރައީސަކަށް								