ސްޓެލްކޯގެ ކަރަންޓު ވިއުގަ އަޕްގްރޭޑު ކުރުމަށްޓަކައި މާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން ކެނޑިދާނެ ކަމަށް އެ ކުންފުނިން ބުނެފިއެވެ.
އެކުންފުނިން މިއަދު ކޮށްފައިވާ ޓްވީޓެއްގައި ބުނީ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމަށްޓަކައި މިއަދު މެންދުރު 15:00 އިން 16:30 އަށް ހެންވޭރު ބޮޑުތަކުރުފާނުމަގު، އަމީރުއަހުމަދުމަގާއި، ކަސްތޫރިމަގު، ހިތްފަސޭހަގޯޅި، ސަނދުބަރަކާގޯޅި، ފިނިހިޔާގޯޅި، މެހެލިގޯޅި، އަދި ސޯސަންމަގުން ކަރަންޓުގެ ހިދުމަތް މެދުކެނޑިދާނެ ކަމަށެވެ.
އެކުންފުނިން ބުނީ އެވަގުތުގައި އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް މާފަށް އެދޭ ކަމަށް އެ ކުންފުނިން ބުންޏެވެ.
ސްޓެލްކޯ އިން އަންނަނީ އެކުންފުނިން ދެމުން ގެންދާ ހިދުމަތްތައް ޒަމާނީ ފެންވަރަކަށް ދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި