ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރަމުން އަންނަ މާލޭގެ އަމީނީ މަގުގައި ތާރު އަޅާ ނިންމާފައިވާ ފުރަތަމަ ތިން ސެގްމަންޓު އާއްމުންނަށް ހުޅުވާލައިފިއެވެ.
އަމީނީމަގުގެ ފުރަތަމަ ތިން ސެގްމަންޓުގައި ތާރު އަޅާ ނިންމާފައި ވަނީ މިދިޔަ މަހުގެ 15ވަނަ ދުވަހުއެވެ.
އެ މަސައްކަތް ހަވާލު ކޮށްފައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އިން މިރޭ ބުނީ އަމީނީމަގުގައި ތާރު އަޅާފައިވާ ސަރަހައްދު މިހާރު އާއްމުންނަށް ހުޅުވާލެވިފައިވާ ކަމަށެވެ.
އެކުންފުނިން ބުނީ އެ ސަރަހައްދު އާންމުކޮށް ހުޅުވާލިނަމަވެސް ފިނިޝިންގެ ބައެއް މަސައްކަތްތައް ކުރިއަށްދާނެ ކަމަށާއި އަދި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމު ކުރުމަށް މޫނިމާ ހިނގުން ބަންދު ކުރެވިފައިވާ ކަމަށެވެ.
އަމީނީމަގުގެ ފުރަތަމަ ތިން ސެގްމަންޓުގައި ތާރު އެޅުމުގެ މަސައްކަތް ކޮށްފައި ވަނީ އެމްޓީސީސީ އިންނެވެ.
މި މަޝްރޫއުގެ ދަށުން 1.7 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި ފެން ހިންދާ ނިޒާމު ގާއިމް ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ. އަދި އެ މަގުގައި މަގުބައްތި ޖެހުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތް އާރްޑީސީ އަށް ހަވާލު ކޮށްފައި ވަނީ 84.4 މިލިއަން ރުފިޔާ އަށެވެ.
މިހާތަނަށް މާލޭގެ ގިނަ މަގުތަކެއް އާއްމުން ގަޔާވާ ހިތްގައިމު ގޮތަކަށް ހަދާފައިވާ އާރްޑީސީން ބުނީ މާލޭގެ މަގުތައް ތަރައްގީ ކުރަނީ އެ މަގުތަކަކީ އާއްމުންނަށް ހިތްފަސޭހަ ވާނެ ގޮތަކަށް ކަމަށެވެ. އެގޮތުން އަމީނީ މަގުގައި ވެސް އެ ސިފަ ފެނިގެން ދާނެ ކަމަށް އެކުންފުނިން ބުންޏެވެ.
މީގެއިތުރުން މި މަޝްރޫއުގެ ސަބަބުން އެކިއެކި މަސައްކަތްތަކަށް މަގު ކޮންނަން ޖެހޭ މިންވަރު މަދުވެ، މަގުގައި ދުއްވާ އުޅަނދުތަކަށާއި ހިނގާ މީހުންނަށް އިތުރު ލުއިތަކެއް ލިބިގެން ދާނެ ކަމަށް އާރްޑީސީ އިން ބުނެއެވެ.
ބޭރުގެ އިންޖިނިއަރެއް ގެންނަން ބުނި އަމީނީމަގު ހެދުމަށް އެމްޓީސީސީއަށް
އިސްލާމީ މަރުކަޒުގެ އިމާމުކަމުން ޝެއިހް އިބްރާހީމް ވަކިވެވަޑައިގެންފި
އަލަށް އިންތިހާބުވި ކައުންސިލާއެކު ތަރައްގީގެ އާ ބާބެއް ފެށިގެންދާނެ
އެމްޑީޕީ ހިންގުމަށް ހެޔޮ ބަދަލު ގެނައުމަށް ކޮމެޓީއެއް
އިންޑިއާ-ރާއްޖެ: އިގްތިސާދީ ގުޅުން ބަދަހިކުރުމުގެ ބައްދަލުވުމެއް
މާފަންނުގައި ހުރި ގެއެއްގައި ރޯވި އަލިފާންގަނޑު ނިއްވާލައިފި