ރާއްޖެ އިން އަބަދުވެސް ފަލަސްތީނާއެކު ދެމި އޮންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ގަތަރުގައި މިހާރު ކުރިއަށްދާ އދގެ އެންމެ ކުޑަކޮށް ތަރައްގީވެފައިވާ ގައުމުތަކުގެ ފަސްވަނަ ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސްއާ ބައްދަލުކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި ދެބޭފުޅުންގެ ބައްދަލުވުމުގެ ދެ ފޮޓޯއެއް އެމަނިކުފާނު ވަނީ ހިއްސާ ކުރައްވާފައެވެ.
https://twitter.com/ibusolih/status/1632295434709266437?s=20
ރައީސް ސޯލިހް ވިދާޅުވީ އެ ބައްދަލުވުމުގައި ދެގައުމުގެ ގުޅުމާއި ގުޅޭ ގޮތުން މަަޝްވަރާ ކުރެވުނު ކަމަށެވެ. މީގެއިތުރުން ފަލަސްތީނަށް ދިމާވެފައިވާ މައްސަލަތަކުގައި، ރާއްޖެ އަށް ދެވެން އޮތް އެހީތެރިކަން ދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
ފަލަސްތީނުގެ ރައީސްގެ އިތުރުން މި ކޮންފަރެންސްގެ ހަވާސާގެ ތެރެއިން ރައީސް ސޯލިހު ވަނީ ބައެއް އެހެން ގައުމުތަކުގެ އިސްވެރިންނާއި ބައްދަލުކުރައްވާ މަޝްވަރާ ކުރައްވާފައެވެ.
އަމާން އުދަރެސް ޓަވަރަކުން މީހަކު ވެއްޓި މަރުވެއްޖެ
ލައިސަންސް ނެތި ސައިކަލު ދުއްވި ބިދޭސީއެއް އެކްސިޑެންޓުވެއްޖެ
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބު ނޮވެމްބަރު 27ގައި ބާއްވަނީ
ފެންނަނީ ދާއިމީކޮށް އީގަލް ހިލްސްއަށް ބިން ދޫކޮށްލާތަން: ފައްޔާޒު
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޓީބިލުގެ އިންޓްރެސްޓަށް އެރި 43 މިލިއަން ޑޮލަރު ދެއްކީ އިންޑިއާ އިން