އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިންޑިއާގެ ކުންފުންޏަކާއެކު ސޮއިކޮށްފިއެވެ.
އެ މަޝްރޫއުގެ މަސައްކަތް ހަވާލު ކޮށްފައި ވަނީ އިންޑިއާގެ ކުންފުންޏެއް ކަމަށްވާ ރެނާޓަސް ނަމަކަށް ކުންފުންޏަކާއެވެ.
ގަން އެއާޕޯޓު ތަރައްގީ ކުރަނީ އެއްފަހަރާ 1.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ ފެންވަރަށެވެ. މިދިޔަ އަހަރުގެ އޮކްޓޫބަރު މަސް ތެރޭގައި އެ އެއާޕޯޓު ތަރައްގީކޮށް ނިމޭއިރު ހުންނާނެ ބައެއް ކުރެހުންތައް ސަރުކާރުން ވަނީ އާއްމު ކޮށްފައެވެ.
[caption id="attachment_48536" align="alignnone" width="1600"] އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-[/caption]
މި އެއާޕޯޓް ތަރައްގީކުރާނީ ރާއްޖެ އަށް އިންޑިއާ އިން ދޫކޮށްފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ.
ސަރުކާރުން ބުނެފައި ވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމުގެ މަސަައްކަތް ނިމުމުން އެއާޕޯޓުގެ ޓާމިނަލުގެ ފެންވަރު އެތަށް ގުނައަކުން ރަނގަޅުވެ، އެ ސަރަހައްދުގައި ފާހަގަކޮށްލެވޭ ރިީޖަނަލް ހަބަކަށް ވެގެންދާނެ ކަމަށެވެ.
ރައީސް ސޯލިހު މޮރީޝަސްއަށް ފޮނުވި ސިޓީ އަނބުރާ ގެންނަނީ
10 ރިސޯޓެއް ތަރައްގީކޮށް، ލިބޭ ފައިދާ ރައްޔިތުންނަށް ޖަމާކުރަނީ
ދައުލަތުގެ ރިޒާވްގައި ބިލިއަން ޑޮލަރު
ރިޔާސީ ބަޔާނާ ދެކޮޅަށް އެމްޑީޕީން އިހްތިޖާޖު ކޮށްފި
މާލެ ސަރަހައްދުން 35،132 މަސް ކޭސް ދޫކޮށްފި
ޕެންޝަން އޮފީހުގެ ސީއީއޯ ސުޖާތާވެސް އެ މަގާމުން އިސްތިއުފާ ދެއްވައިފި